ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮއްކޮއަށް އަނިޔާކުރި މީހެއްގެ އަދަބު 7200ރ.ގެ ޖޫރިމަނާއަކަށް ލުއިކޮށްދީފި

ކުޑަކުދިންނާއި، އަންހެނުންނަށް ކުރާ އަނިޔާތަކާއި ދެކޮޅަށް ކުރިޔަށް ގެންދިޔަ އިހުތިޖާޖެއްގެ ތެރެއިން/ ފޮޓޯ: ވަން
ޝެއާރކޮށްލާ ކަހަލަދޯ؟

އެއްބަނޑު އެއްބަފާ އަންހެން ކޮއްކޮއަށް އަނިޔާކުރި މައްސަލައެއްގައި ދައުލަތުން ދައުވާކުރި މީހަކު އިއުތިރާފު އެއްބަސްވުމެއް ހެދުމުން އޭނާއަށް ކަނޑައެޅެން އޮތް ޖަލު އަދަބު 7200 ރުފިޔާގެ ޖޫރިމަނާއަކަށް ލުއިކޮށްދީފިއެވެ.

މި މައްސަލައަކީ ދަފްތަރު ރސ 11316 މުހައްމަދު ސިނާން، އޮކްޓޯބަރު 29، 2024 ވަނަ ދުވަހު އޭނާގެ އެއްބަނޑު އެއްބަފާ އަންހެން ކޮއްކޮއަށް އަނިޔާކުރުމުން ދައުލަތުން އޭނާގެ މައްޗަށް މީހަކަށް އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ އުފުލި މައްސަލައެކެވެ.

ދައުލަތުން އުފުލި ދައުވާގައި ބުނެފައިވަނީ ސިނާންގެ ކޮއްކޮ ގޭގައި ހުއްޓާ، ސިނާން ކޮޓަރީގެ ދޮރުގައި ތެޅުމުން، އޭނާގެ ކޮއްކޮ ދޮރުހުޅުވުމުން ކޮއްކޮގެ ކަރުގައި ހިފައި ބާރަށް ފިތާލުމަށްފަހު އެނދުމައްޗަށް އެއްލާލި ކަމަށެވެ. އަދި އޭގެ ފަހުން އެނދުމަތިން ނަގައި ބިންމައްޗަށް ވައްޓާލި ކަމަށެވެ. އެފަހުން ގޭގެ ތިރީ ދޮރު ހުޅުވަން އޭނާގެ ކޮއްކޮ ދަނިކޮށް، އޭނާގެ ފޯނު އަތުލަން އުޅެ، އިސްތަށިގަނޑުގައި ހިފައި ކޮއްޕާލުމުން، އެއްޗެހި ހިއްކަން އަޅުވާފައި ހުރި ހަރުގަނޑުގައި ކޮއްކޮގެ ބުރަކަށި ޖެހި އަނިޔާވެފައިވާ ކަމަށް ވެސް ދައުވާގައިވެއެވެ.

ގާނޫނުލްއުގޫބާތުގެ ދަށުން ޖުނަހްގެ ދެވަނަ ދަރައިގެ އެ ކުށަށް އޮންނަ އަސާސީ އަދަބަކީ ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމެވެ. ކުށުގެ ބޮޑުމިނަށް ބަލައި އަދަބު ބޮޑުކުރުމުގެ އިހްތިޔާރު ވެސް ގާޒީއަށް އޮންނާނެއެވެ.

އެހެންނަމަވެސް، އެ މައްސަލައިގައި ސިނާން ވަނީ ދައުލަތާއެކު އިއުތިރާފު އެއްބަސްވުމެއް ހަދައިފައެވެ. އެ އެއްބަސްވުން ޝަރީއަތުން ބަލައިގަނެ، އަދަބު ކަނޑައަޅާފައިވަނީ އެއްބަސްވުމުގައި އޮތް ގޮތަށެވެ.

ކްރިމިނަލް ކޯޓުގެ ހުކުމުން އެނގޭ ގޮތުގައި ދައުލަތުން އޭނާއާއެކު އެއްބަސްވުން ހަދާފައިވަނީ އިއުތިރާފުވުމުން ލިބޭ ލުޔާއެކު ކަނޑައެޅޭ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމް ޖޫރިމަނާގެ އަދަބަކަށް ބަދަލުކުރުމަށެވެ. އެގޮތުން އޭނާއަށް ކަނޑައަޅާފައިވަނީ 7200 ރުފިޔާގެ ޖޫރިމަނާއެކެވެ.

ގާޒީ ސަފްއަތު ހަބީބްގެ ނިންމެވުމުގައި އެންގެވީ އެ ފައިސާ ތިން މަސް ދުވަހުގެ ތެރޭގައި މީރާއަށް ދައްކައި ހަލާސްކުރުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: