ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލައިސަންސް ނެތި ޑޮލަރުގެ ވިޔަފާރިކުރާ މީހުންނާ މުއާމަލާތް ކުރުމަކީ ކުށެއް: އެމްއެމްއޭ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި، މޯލްޑިވްސް މަނިތަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަނަރ އަހުމަދު މުނައްވަރު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގަވާއިދާ ހިލާފަށް އަދި ލައިސަންސް ނެތި ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރި ހިންގާ ފަރާތްތަކާ އެކު އެއްވެސް މުއާމަލާތެއް ނުކުރުމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެމްއެމްއޭއިން ނެރުނު ބަޔާނެއްގައި ބުނީ، ބޭރު ފައިސާއާ ބެހޭ ގާނޫނާއި މަނީ ޗޭންޖިން ވިޔަފާރީގެ ގަވާއިދު ބަޔާންކުރާ ގޮތުން، މިފަދަ ވިޔަފާރިއެއް ހިންގޭނީ ހަމައެކަނި އެ އޮތޯރިޓީގެ ހުއްދަ ލިބިގެން ކަމަށެވެ. އެހެންނަމަވެސް، އެއްވެސް ހުއްދައެއް ނެތި ބައެއް ފަރާތްތަކުން ގާނޫނާ ހިލާފަށް ބޭރު ފައިސާ މާރުކުރުމުގެ މުއާމަލާތްތައް ހިންގާކަން އެ އޮތޯރިޓީއަށް ފާހަގަކުރެވިފައިވާކަމަށް ބަޔާނުގައި ވެއެވެ.

މިއީ ގާނޫނީ ގޮތުން ކުށަކަށް ވާތީ، ބޭންކުތައް ފިޔަވައި އެހެން ފަރާތްތަކާ އެކު ޑޮލަރު ނުވަތަ އެހެނިހެން ބޭރު ފައިސާގެ މުއާމަލާތްތައް ހިންގާއިރު، އެއީ އެމްއެމްއޭގެ ސައްހަ ލައިސަންސް އޮތް ފަރާތެއްތޯ ކަށަވަރުކުރުމަށް މަރުކަޒީ ބޭންކުން ވަނީ އެދިފައެވެ. އަދި ހުރިހާ ފަރާތްތަކުން ވެސް ގާނޫނާއި ގަވާއިދުތަކުގެ އިމުގެ ތެރެއިން މުއާމަލާތްތައް ހިންގުމަށް ވެސް އެދުނެވެ.

އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ސެޕްޓެންބަރު މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ބޭރު ފައިސާ މާރުކުރުމުގެ ރަސްމީ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.

ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރި ހަރުދަނާކޮށް، ޒަމާނީ އުސޫލުތަކަކަށް ފެއްތުމުގެ މަގުސަދުގައިކަމަށް ބުނެ ސަރުކާރުން ވަނީ ގާނޫނު އިސްލާހުކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: