ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެޕަލް އައިފޯން 18 ޕްރޯއާއި، އައިފޯން 18 ޕްރޯ މެކްސް ދައްކާލައިފި

އައިފޯން 18 ޕްރޯ އަދި 18 ޕްރޯ މެކްސް ދައްކާލުން/ ފޮޓޯ: އެޕަލް
ޝެއާރކޮށްލާ ކަހަލަދޯ؟

އެޕަލްގެ އަހަރީ ބޮޑު އިވެންޓުގައި، އެ ކުންފުނީގެ އެންމެ ފަހުގެ ފޯނުތައް ކަމަށްވާ އައިފޯން 18 ޕްރޯ އަދި އައިފޯން 18 ޕްރޯ މެކްސް ރަސްމީކޮށް ދައްކާލައިފިއެވެ.

އެޕަލްގެ އައު ސީއީއޯ ޖޯން ޓާނަސް ފުރަތަމަ ފަހަރަށް ހުށަހަޅައިދިން މި އިވެންޓުގައި ދައްކާލި މި ފޯނުތަކުގެ އަގު ފެށެނީ 1،199 އެމެރިކާ ޑޮލަރުންނެވެ.

އެލްމިނިއަމާއި ބެކް ގްލާސް ބޭނުންކޮށްގެން އުފައްދާފައިވާ މި ފޯނުތައް ހަތަރު ކުލައެއްގައި ލިބެން ހުންނާނެއެވެ. އޭގެ ތެރޭގައި މުޅިން އަލަށް ތައާރަފުކުރި ”ގްލޭސިއާ“ ނޫކުލައާއި، ”ބާގަންޑީ“ ހިމެނެއެވެ.

މި ފޯނުތަކުގެ އެންމެ ހާއްސަ އެއް ސިފައަކީ، 2 ނެނޯމީޓަރުގެ ޒަމާނީ ”އޭ20 ޕްރޯ“ ޗިޕެވެ.

އެޕަލްގެ އެމް-ސީރީޒް ޗިޕްތަކުގެ ޓެކްނޮލޮޖީގެ އަލީގައި މެމޮރީ ކައިރީގައި ސިލިކަން ޑައި ހުންނާނެހެން ފަރުމާކޮށްފައިވާ އައު ތާމަލް ޑިޒައިނުގެ ސަބަބުން، ގްރެފިކްސް ޕާފޯމަންސް 40 އިންސައްތަ އަވަސްވެ، ޗިޕުގެ ބޭންޑްވިތު 50 އިންސައްތަ އިތުރުވެގެންދެއެވެ.

އައިފޯން 18 ޕްރޯގެ ބެޓެރީ 36 ގަޑިއިރަށް އަދި ޕްރޯ މެކްސްގެ ބެޓެރީ 45 ގަޑިއިރަށް ހިފަހައްޓައެވެ. އަދި އަވަހަށް ޗާޖުކުރެވޭ ވަޔަޑް ޗާޖިންގ ސިސްޓަމާއެކު، އެންމެ 15 މިނެޓުގެ ތެރޭގައި ފޯނު 50 އިންސައްތައަށް ޗާޖުކޮށްލެވެއެވެ.

ކެމެރާ ސިސްޓަމަށް ބަލާއިރު، މި ފޯނުތަކުގައި ވަނީ 48 މެގަޕިކްސެލްގެ ”ފިއުޝަން މެއިން ކެމެރާ“ އެއް ހިމަނާފައެވެ. މިއީ އެޕަލް އިން އަލަށް ތަޢާރަފްކުރި ބަދަލުކުރެވޭ އެޕަޗަރ (Adjustable Aperture) ސިސްޓަމް އެކުލެވޭ ކެމެރާއެކެވެ.

މީގެ އިތުރުން، ފޯނާއެކު ބޭނުންކުރެވޭ އައު ޑިޒައިނުގެ ޗާޖަރުތަކާއި، ކޭސްތަކާއި، ކްރޮސްބޮޑީ ސްޓްރެޕްތަކުގެ އިތުރުން އެއާޕޮޑްސް ޕްރޯއާ އެކު ވެސް ބޭނުންކުރެވޭ އައު ރިސްޓް ސްޓްރެޕެއް ވެސް އެޕަލް އިން ވަނީ މި އިވެންޓުގައި ދައްކާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: