ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަގަށް ރާއްޖެ ސަރަހައްދަށް ވަދެ މަސް ބާނަމުން ދިޔަ ބޯޓެއް އަތުލައިގެންފި

ފޮޓޯ: އެމްއެންޑީއެފް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެ ސަރަހައްދަށް ވަގަށް ވަދެ މަސް ބާނަމުން ދިޔަ ބޯޓެއް އަތުލައިގެންފިއެވެ.

ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމަށް ކޯސްޓުގާޑުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ރާއްޖޭގެ ހާއްސަ އިޤްތިސާދީ ސަރަހައްދުގައި ޤާނޫނާއި ހިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް އަތުލައިގެނެފައިވާކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އެ ބޯޓް ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔައީ މިއަދު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެ ބޯޓު އަތުލައިގަތީ ކ. ދިއްފުށީގެ އިރުން 123 ނޯޓިކަލް މޭލު ބޭރު ކަމަށާއި އަދި އެ ބޯޓްގައި 6 މީހުން ތިބިކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ. އެ ބޯޓު މާލެ ގެނެއުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: