ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިއްހީ ދާއިރާއިން ކަނޑައަޅާފައިވާ އަމާޒުތަކުގެ 67 އިންސައްތަ ހާސިލްކުރެވިފައިވޭ: ގީލާ

ޞިއްޙަތާ އާއިލާއާއި އިޖުތިމާއީ އެހީއާބެހޭ ވަޒީރު ޤީލާ އަލީ/ ފޮޓޯ: އީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުން ސިއްހީ ދާއިރާއިން ކަނޑައަޅާފައިވާ ކަންތައްތަކުގެ 67 އިންސައްތަ ހާސިލްކުރެވިފައިވާ ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ގީލާ މިހެން ވިދާޅުވީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީގެ މަތީ މަޖިލީހުގެ ބައްދަލުވުމުގައި ސިއްހީ ދާއިރާއާ ގުޅޭގޮތުން ހުށަހަޅައިދެއްވި ޕްރެޒެންޓޭޝަންގައެވެ.

މިނިސްޓަރު ވަނީ ސިއްހީ ދާއިރާއިން 478 ވައުދުވެފައިވާއިރު، އޭގެ ތެރެއިން ބޮޑު ބައެއް މިހާރު ހާސިލްކުރެވިފައިވާ ކަމަށް ވިދާޅުވެފައެވެ.

މިނިސްޓަރު ގީލާ ވަނީ ސިއްހަތާއި އާއިލާ އާއި އިޖުތިމާއީ އެހީއާ ބެހޭ ދާއިރާ ކުރިއެރުވުމަށް މި ސަރުކާރުން 244 ނިންމެވުން ނިންމަވާފައިވާކަން ފާހަގަކުރައްވައި، ސިއްހީ ދާއިރާއިން 835 ޕްރޮޖެކްޓުގެ މަސައްކަތް އެކި މަރުހަލާތަކުގައި ކުރިއަށްދާ ކަމަށާއި މިހާތަނަށް ސިއްހީ ދާއިރާ ކުރިއެރުވުމަށް 8،384 ހަރަކާތެއް ހިންގާފައިވާ ކަމަށް ވިދާޅުވެފައެވެ.

ސިއްހީ ދާއިރާއިން ނިމުނު ސަރުކާރުގެ ފަސް އަހަރާއި މި ސަރުކާރުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކަށްވެސް މިނިސްޓަރު ގީލާ އަލިއަޅުއްވާލެއްވިއެވެ. އެގޮތުން މި ސަރުކާރުން މިހާތަނަށް ސިއްހީ ދާއިރާއިން 5.9 ބިލިއަން ރުފިޔާގެ މަޝްރޫއު ހަވާލުކޮށްފައިވާއިރު ނިމުނު ސަރުކާރުގެ ދައުރު ނިމުނުއިރު ހަވާލުކޮށްފައިވަނީ އެންމެ 2.62 ބިލިއަން ރުފިޔާކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

މި އަހަރުގެ ބަޖެޓުގައި ސިއްހީ ދާއިރާގެ އިންފްރާސްޓްރަކްޗާ ތަރައްގީކުރުމަށް ބޮޑު އަދަދެއް ކަނޑައަޅާފައިވީ ނަމަވެސް، އަހަރުގެ ބޮޑުބައި ފާއިތުވެގެން ދިޔައިރު އެ ބަޖެޓުން ހޭދަކުރެވުނީ އެންމެ 232 މިލިއަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ނިމުނު އޮގަސްޓު މަހުގެ ފަހުކޮޅު ވަނީ ދައްކާފައެވެ.

މި ސަރުކާރުން މިހާތަނަށް 40 ހޮސްޕިޓަލްގެ މަސައްކަތް ފަށާފައިވާއިރު، މިދިޔަ ސަރުކާރުގެ 5 އަހަރު ފަށާފައިވަނީ 16 ހޮސްޕިޓަލްގެ މަސައްކަތްކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި 22 އާ ސިއްހީ މަރުކަޒުގެ މަސައްކަތް މި ސަރުކާރުން ފަށާފައިވާކަމަށާއި، ނިމިދިޔަ ސަރުކާރުގައި ފަށާފައިވަނީ 14 ސިއްޚީ މަރުކަޒުގެ މަސައްކަތްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ސިއްހީ ފެސިލިޓީތައް އަޕްގްރޭޑްކުރުމަށް މި 3 އަހަރު ދުވަހުގެ ތެރޭގައި މި ސަރުކާރުން 89 މަޝްރޫއު ކުރިއަށް ގެންގޮސްފައިވާކަމަށާއި، ނިމިދިޔަ ސަރުކާރުން 5 އަހަރު ނިމުނުއިރު ކުރިއަށް ގެންދިޔައީ 102 މަޝްރޫއުކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޖުމްލަ ގޮތެއްގައި މި ސަރުކާރުގެ އަމާޒަކީ މާލެއާއި އަތޮޅުތަކުގެ ސިއްހީ ނިޒާމު އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް އަވަސް، ފަސޭހަ އަދި ފެންވަރު ރަނގަޅު ސިއްހީ ހިދުމަތެއް ކަށަވަރުކޮށްދިންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: