ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރީ ސަރުކާރުން ނެގި 150 މިލިއަން ޑޮލަރުގެ، އެންމެ ފަހު 50 މިލިއަން ޑޮލަރު ދައްކައި ހަލާސްކޮށްފި

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުއިއްޒު -- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި، 2019 ވަނަ އަހަރު ސްޓޭޓް ބޭންކް އޮފް އިންޑިއާއިން ނެގި 150 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލް (ޓީ-ބިލް) ފެސިލިޓީއަށް ދައްކަންޖެހޭ އެންމެ ފަހު 50 މިލިއަން ޑޮލަރުގެ އިންސްޓޯލްމަންޓް ދައްކައި މިއަދު ހަލާސްކޮށްފި އެވެ.

މި ފެސިލިޓީގެ އެންމެ ފަހު ބައިގެ ގޮތުގައި ދައްކަންޖެހޭ 50 މިލިއަން އެމެރިކާ ޑޮލަރު ދައްކައި ނިންމުމާއެކު، އިންޑިއާ ސަރުކާރަށް އަދާކުރަންޖެހޭ މި މުޅި ދަރަނި މިހާރު ވަނީ ހަލާސްކުރެވިފައެވެ. މި ދަރަނި ދައްކައި ނިންމާފައި ވަނީ މިއަހަރުގެ ތެރޭގައި ތިން ބަޔަކަށް ބަހާލައިގެންނެވެ.

އެގޮތުން، މި އަހަރުގެ ޖެނުއަރީ މަހުގައި 50 މިލިއަން ޑޮލަރު ދައްކާފައިވާއިރު، މެއި މަހުގެ 11 ވަނަ ދުވަހު ވަނީ އިތުރު 50 މިލިއަން ޑޮލަރު ދައްކާފައެވެ. އަދި ބާކީ އޮތް އެންމެ ފަހު 50 މިލިއަން ޑޮލަރު މިއަދު ދެއްކުމާ އެކު އެ ލޯނު ދައްކައި ނިމުނީ އެވެ.

މި ފައިސާ ދެއްކި ނަމަވެސް، ރާއްޖެއަށް ބޭނުންވާ ތެލާއި، ކާޑުގެ ބާވަތްތަކުގެ އިތުރުން ޒަރޫރީ އެހެނިހެން މުދާ މެދުކެނޑުމެއް ނެތި އެތެރެކުރުމަށް ބޭނުންވާ ބޭރު ފައިސާގެ އިންތިޒާމުތައް ހަމަޖެހިފައިވާކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އަދި ދައުލަތުގެ ރަސްމީ ރިޒާވްގައި ގާތްގަނޑަކަށް 644 މިލިއަން ޑޮލަރު ހުރުމާއެކު، ދަރަނި އަދާކުރުމުގެ ސަބަބުން ޒަރޫރީ މުދާ އެތެރެކުރުމަށް ދަތިތަކާ ކުރިމަތި ނުވާނެކަމަށް ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: