ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީއެންސީގެ މަތީ މަޖިލީހަކީ މުޅި ރާއްޖެ ތަމްސީލުކުރާ މަތީ މަޖިލީހެއް: ފަތުހީ

ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލް އަލްއުސްތާޛު މޫސާ ފަތުޙީ އާދަމް
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީއެންސީގެ މަތީ މަޖިލީހަކީ މުޅި ރާއްޖެ ތަމްސީލު ކުރާ މަތީ މަޖިލީހެއް ކަމަށާއި ރައްޔިތުން ބޭނުންވާ ކަންކަން ސަރުކާރަށް ސާފުވެ ރައްޔިތުން ބޭނުންވާ ގޮތަކަށް ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރުމަށް ލިބިގެންދާ ރަނުގެ ފުރުސަތެއްކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ސެކްރެޓަރީ ޖެނެރަލް މޫސާ ފަތުޙީ އާދަމް ވިދާޅުވެއްޖެއެވެ.

”ސަންގާ“ ވާހަކަ ދައްކަވަމުން ފަތުހީ ވިދާޅުވީ، ޕީއެންސީގެ ކޮންގްރެސްއަކީ ސިޔާސީ ޕާޓީއެއްގެ އާދައިގެ ކޮންގްރެސްއެއް ނޫންކަމަށާއި، މިއީ ޤައުމީ ފެންވަރެއްގައި ކުރެވެމުންދާ ކަމެއް ކަމަށެވެ. އެގޮތުން މުޅި ރާއްޖެ ޝާމިލުވާގޮތަށް ރައްޔިތުން ބޭނުންވާ ކަންކަން ސާފުވެ އަދި ރައްޔިތުން ބޭނުންވާ ކަންކަން ސަރުކާރުގެ ސިޔާސަތުގެ ދަށުން ބައްޓަންކުރުމަށް ލިބިގެންދާ ވަރަށް މުހިންމު ރަނުގެ ފުރުސަތެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ. އަދި މި މަޤްސަދު ވަރަށް ރަނގަޅަށް ހާސިލުވާކަމަށް އޭނާ ވިދާޅުވިއެވެ.

ކޮންގްރެސްގެ ތެރެއިން ސަރުކާރުގައި ހިނގާ މުހިންމު ކަންކަމުގެ މައުލޫމާތު ފުޅާ ދާއިރާއެއްގައި ފޯރުކޮށްދީ ޕާޓީގެ ކުރިމަގުގެ ސިޔާސަތުތަކާ ބެހޭ މައުލޫމާތު ހިއްސާކުރެވެމުންދާކަމަށް ފަތުހީ ވަނީ ތަކުރާރުކުރައްވާފައެވެ.

ވެރިކަންކުރާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލިސް ރަސްމީކޮށް ފަށައިފައިވަނީ، 15 ސެޕްޓެމްބަރުގައެވެ. އަދި މި މަހުގެ 18 ވާ ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ކޮންގްރެސްގައި ގައުމީ ތަރައްގީގެ މުހިންމު ދާއިރާތަކާ ގުޅޭގޮތުން ވަޒީރުންގެ ހާއްސަ ސެޝަންތަކެއް ކުރިއަށް ގެންދެއެވެ.

މީގެ އިތުރުން ވަޒީރުންގެ މައުލޫމާތު ދިނުމުގެ ސެޝަންތަކާއި، ޒުވާނުންނާއި އަންހެނުންގެ ހާއްސަ ހަރަކާތްތަކާއި، އަލަށް އެކުލަވާލެވޭ މަގާމުތަކުގެ އިގުރާރުވުމާއި، ޕާޓީގެ މުސްތަގުބަލުގެ ތަސައްވުރު ކަނޑައެޅުން ވެސް އޮންނާނެއެވެ. މި ކޮންގްރެސް ފެށުމުގެ ކުރިން ރައީސް ވަނީ ޕާޓީގެ މަތީ މަޖިލީހުގައި ބައިވެރިވެވަޑައިގެންނެވި ސްޓިއަރިން ކޮމިޓީތަކުގެ މެންބަރުންނާއި، ޒުވާނުންގެ ރައީސުންނާއި، ކައުންސިލްތަކުގެ ރައީސުންގެ އިތުރުން އަންހެނުންގެ ރޫހުގެ ރައީސުންނާ ވަކިވަކިން ބައްދަލުކުރައްވާފައެވެ.

އެ ބައްދަލުވުންތަކުގައި ޕާޓީ ކުރިއެރުވުމަށާއި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި މެންބަރުންގެ ދައުރާ ގުޅޭގޮތުން މަޝްވަރާ ކުރައްވައި، ބައިވެރިންގެ ފަރާތުން ހިޔާލާއި ކަންބޮޑުވުންތައް އަޑުއައްސަވާފައިވެއެވެ.

78،505 އަށް ވުރެ ގިނަ މެންބަރުންނާއެކު، ޕީއެންސީއަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު އަދި އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: