ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް މުއިއްޒަށް ޕީއެންސީ ރިޔާސީ ޓިކެޓު ދޭން، ނައިބު ރައީސްގެ ތާއީދު!

ޕީއެންސީ ކޮންގްރެސް، މަތީ މަޖިލިސް ސެޝަންތަކުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިޒަށް ދެވަނަ ދައުރެއް ދިނުމަށް ފުރިހަމައަށް ތާއީދުކުރައްވާކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިކަން ހާމަކުރެއްވީ، ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ހޯދައިދިނުމާ ގުޅޭގޮތުން މަޖިލީހަށް ހުށަހެޅި ގަރާރުގެ ބަހުސްގަ އެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ރައީސް މުއިއްޒަކީ މި ގައުމުގެ ހަމަޖެހުމާއި، ތަރައްގީ އަދި ރައްކާތެރިކަން ކަށަވަރުކޮށްދެއްވުމަށް ނުހަނު އިސްކަންދެއްވައިގެން މަސައްކަތްޕުޅު ކުރައްވާ ލީޑަރެއްކަމަށް ވިދާޅުވި އެވެ. އަދި ދިވެހިރާއްޖޭގެ ޒަމާންވީ އިސްލާމީ ހިދާޔަތާއި، މިނިވަންކަން ދެމެހެއްޓެވުމަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ މުހިންމު މަސައްކަތްޕުޅުތައް ފާހަގަކުރެއްވި އެވެ.

މީގެއިތުރުން، މި ޤައުމުގެ މިނިވަންކަން ކަށަވަރުކޮށް، ދިވެހި ގައުމިއްޔަތާއި ސަގާފަތް އަދި އާދަކާދަތައް ދިރުވައި އާލާކުރުމަށް ރައީސް މުއިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކަށް ނައިބު ރައީސް ތައުރީފު ކުރެއްވިއެވެ. އެހެންކަމުން، މި ފެށުނު ތަރައްގީއާއި ގައުމީ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށްޓަކައި، ރައީސަށް ދެވަނަ ދައުރެއް ދިނުމަށް ހުށަހެޅިފައިވާ ހުށަހެޅުމަށް ފުރިހަމައަށް ތާއީދުކުރައްވާކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: