ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

8،000 އަށްވުރެ ގިނަ ދަރިވަރުންނާއެކު އޯލެވެލް އިމްތިހާނު މިއަދު ރަސްމީކޮށް ފަށައިފި

ދަރިވަރުންތަކެއް-- ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް (އެސްއެސްސީ) އަދި ކޭމްބްރިޖް އައިޖީސީއެސްއީ (އޯލެވެލް) އިމްތިހާނު 8،000 އަށްވުރެ ގިނަ ދަރިވަރުންނާއެކު މިއަދު ރަސްމީކޮށް ފަށައިފިއެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަނުން މައުލޫމާތު ދީފައިވާ ގޮތުގައި، މިއަދުން ފެށިގެން ކުރިއަށްދާ މި އިމްތިހާނުތައް އަންނަ ނޮވެންބަރު މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާނެއެވެ.

މިއަހަރުގެ އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންގެ އަދަދުތަކަށް ބަލާއިރު، އައިޖީސީއެސްއީ އިމްތިހާނުގައި ޖުމްލަ 8،111 ދަރިވަރަކު ބައިވެރިވެއެވެ. އަދި ދިވެހިރާއްޖޭގެ މަންހަޖުގެ ދަށުން ހިންގާ އެޗްއެސްސީ އިމްތިހާނުގައި 7،776 ދަރިވަރުން ބައިވެރިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރެއެވެ.

މި އިމްތިހާނު ކުރިއަށް ގެންދިއުމަށްޓަކައި މާލެއާއި އަތޮޅުތެރޭގައި ގިނަ އަދަދެއްގެ ސެންޓަރުތައް ވަނީ ގާއިމުކޮށްފައެވެ. އެގޮތުން މާލެ ސަރަހައްދުގައި ގާއިމުކޮށްފައިވާ 25 ސެންޓަރެއްގައި 3،222 ދަރިވަރުން އިމްތިހާނު ހަދަމުންދާއިރު، އަތޮޅުތަކުގެ ރަށްރަށުގައި ގާއިމުކޮށްފައިވާ 242 ސެންޓަރުގައި 2،869 ދަރިވަރަކު އިމްތިހާނުގައި ބައިވެރިވެއެވެ.

މިއަދު ފެށުނު އޯލެވެލް އިމްތިހާނުގެ ފުރަތަމަ މާއްދާއެއްގެ ގޮތުގައި ދަރިވަރުން ހަދާފައިވަނީ އެޗްއެސްސީ އިމްތިހާނުގެ ދިވެހި ޕޭޕަރެވެ.

ކޮންމެ އަހަރަކުވެސް ގިނަ އަދަދެއްގެ ދަރިވަރުން ތައުލީމީ ހަޔާތުގެ މުހިންމު މަރުހަލާއެއް ނިންމުމަށްފަހު ބައިވެރިވާ މި އިމްތިހާނުގެ އިންތިޒާމުތައް ހުރިހާ ސެންޓަރެއްގައިވެސް އަމާންކަމާއި އޮމާންކަމާއެކު ކުރިއަށްދާކަމަށް ކަމާބެހޭ އިދާރާތަކުން މައުލޫމާތުދެއެވެ.

ސަރުކާރުން ވަނީ 2023 ވަނަ އަހަރުގެ ޑިސެންބަރު މަހު އޯލެވެލް އިމްތިޙާނުގައި ބައިވެރިވުމުގެ އުސޫލަށް މުހިންމު ބަދަލުތަކެއް ގެނެސްފައެވެ. އެއީ އޯލެވެލް ހަދާ ދަރިވަރުން މަޖުބޫރު ހަތަރު މާއްދާގެ އިމްތިޙާނުގައި ފުރިހަމައަށް ބައިވެރިވުމާއެކު އެ މާއްދާތަކަށް ސަރުކާރުން ފައިސާ ދައްކާގޮތަށް ހަމަޖެއްސުމެވެ. މަޖުބޫރު މާއްދާތަކުގެ ގޮތުގައި ކަނޑައަޅާފައިވަނީ އިސްލާމް، ދިވެހި، އިނގިރޭސި އަދި ހިސާބު މާއްދާއެވެ.

އަހަރުގެ މެދުތެރެއިން ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމަށް ގެނެސްފައިވާ ބަދަލު އިސްލާޙުކޮށް ސަރުކާރުން ވަނީ މިހާރު ކޮންމެ އަހަރެއްގެ ޖެނުއަރީ މަހު ކިޔެވުން ފަށާ އެ އަހަރުގެ ޑިސެމްބަރު މަހަށް ބޮޑު ޗުއްޓީ ދިމާވާގޮތަށް މިއަހަރުން ފެށިގެން ދިރާސީ އަހަރުގެ ކަލަންޑަރު ބަދަލުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: