ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހި ޕޭޕަރު ދެވުނީ ދެ ކުއްޖަކަށް، ޕޭޕަރު ކިއުމުގެ ކުރިން އެ އަތުލިން: ޑީޕީއީ

ސްކޫލެއްގެ ނޯޓިސްބޯޑުގައި އިމްތިހާނު ކުރިއަށްދާނެ ގޮތުގެ ތާވަލެއް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އޯލެވެލް އިމްތިހާނު ކުރިޔަށް ދިޔަ ވަގުތު، އިސްލާމް ޕޭޕަރުގެ ބަދަލުގައި ދިވެހި ޕޭޕަރު ދޫކުރެވުނީ ދެ ކުއްޖަކަށްކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް އިން ބުނެފި އެވެ.

އިސްލާމް ޕޭޕަރު-1 ގެ ބަދަލުގައި، ދަރިވަރުންނަށް ދިވެހި ޕޭޕަރު ދޫކުރެވުނީ ގާޒީ ސްކޫލުގަ އެވެ. އެކަން އާއްމުންގެ ސަމާލުކަމަށް ގެނައި، މާލޭގެ އިންތިހާބީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެވެ. އޭނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގާޒީ ސްކޫލުގައި އެސްއެސްސީ އިސްލާމް އިމްތިހާނުގެ ޕޭޕަރުކަމަށް ހީކޮށް ދިވެހި ޕޭޕަރު ދަރިވަރުންނަށް ބަހާފައިވާ ކަމަށެވެ. އަދި ޕޭޕަރު ބަދަލު ކުރުމެއް ނެތި މާދަމާ އެ އިމްތިހާނު ހަދަން ދޭން އުޅޭ ކަމަށް ވިދާޅުވިއެވެ.

ޑރ. މުއިއްޒު ވިދާޅުވީ ސެކުއިރިޓީ ސީލް ކެނޑުމަށްފަހު އެ ކަރުދާސް ފަހުގެ ތާރީހެއްގައި އިމްތިހާނެއް ހަދަން ބޭނުން ކުރެވިގެން ނުވާނެ ކަމަށެވެ. ދިވެހި އިމްތިހާނު ފަސްކޮށް، ދަރިވަރުންނަށް އާ ޕޭޕަރެއް ދޫކުރަންޖެހޭކަމަށް ޑރ، މުއިއްޒުގެ އެ ޓްވީޓުގައި ވެއެވެ.

އެކަމާއި ގުޅޭގޮތުން، ސުވާލު ކުރުމުން އެޑިއުކޭޝަން މިނިސްޓްރީން ބުނީ، އިސްލާމް ޕޭޕަރު-1 ގެ އިމްތިހާނު އޮތް ދުވަހު އިންވިޖިލޭޓަރަށް އޮޅިގެން، ދިވެހި ޕޭޕަރު-1 ގާޒީ ސްކޫލުގެ ދެ ދަރިވަރެއްގެ މޭޒުމަތީގައި ބޭއްވުނު ކަމަށެވެ. ނަމަވެސް އެކަން އިންވިޖިލޭޓަރުންގެ ސަމާލުކަމަށް އައުމާއި އެކު ޕޭޕަރު އަތުލީ ދަރިވަރުން ޕޭޕަރު ކިއުމުގެ ކުރިންކަމަށް ޑީޕީއީން ބުންޏެވެ.

ޑީޕީއީއިން ބުނެފައިވަނީ، އެ ދުވަހު ކަން ހިނގައިދިޔަ ގޮތް އެ އިދާރާއިން ބަލިއިރު، ދަރިވަރުންނާއި އިންވިޖިލޭޓަރުންނަށް ޕޭޕަރުގެ އެއްވެސް ސުވާލެއް ފެނިފައި ނުވާ ކަމަށެވެ. ތާވަލު ކުރެވިފައިވާ ގޮތަށް ދިވެހި އިމްތިހާނު ކުރިޔަށް ގެންދިއުމަށް ނިންމީ އެ ސަބަބާއި ހުރެކަމަށް ޑީޕީއީން ބުނެފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: