ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

20 ބިލިއަން ޑޮލަރުގެ އެއްބަސްވުމުގައި ސޮއިކުރީ ވަރަށް ފުޅާ ދިރާސާތަކަކަށް ފަހު: މުއްތަލިބު

ރަސްމާލޭގައި 20 ބިލިއަން ޑޮލަރު އިންވެސްޓް ކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާ އެކު ސޮއިކުރުުން. (ފޮޓޯ/އިންފްރާސްޓްރަކްޗާ މިނިސްޓްރީ)
ޝެއާރކޮށްލާ ކަހަލަދޯ؟

އަބޫދާބީގެ މަޝްހޫރު ރިއަލް އެސްޓޭޓް ކުންފުނި، އީގަލް ހިލްސްއިން ރާއްޖޭގައި 20 ބިލިއަން އެމެރިކާ ޑޮލަރުގެ ބޮޑު ވޯޓަރފްރަންޓް އަދި މެރީނާ މަޝްރޫއެއް ތަރައްގީކުރުމަށް ދިވެހި ސަރުކާރާއެކު އެއްބަސްވުމުގައި ސޮއިކުރީ ވަރަށް ފުޅާ ދާއިރާއެއްގައި ދިރާސާކުރުމަށްފަހުކަމަށް ހައުސިން، ކޮންސްޓްރަކްޝަން މިނިސްޓަރ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

ޔޫއޭއީގެ ދުބާއީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރެވުނުއިރު، މިއީ ރާއްޖޭގެ ތާރީހުގައި ވެސް ބޭރުގެ ފަރާތަކުން ކުރާ އެންމެ ބޮޑު އިންވެސްޓްމަންޓެވެ. މި ރަސްމިއްޔާތުގައި އީގަލް ހިލްސްގެ ޗެއަމަން މުހައްމަދު އަލާއްބާރުގެ އިތުރުން ދިވެހި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި އެއްބަސްވުމާ ގުޅޭގޮތުން މުއްތަލިބު ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ އެއްވެސް ހާލެއްގައި އާދައިގެ ގޮތަކަށް ނެގިކަމެއް ނޫން ކަމަށާއި މިއަދުގެ ސޮއިކުރުމުގެ ފަހަތުގައި އެތައް ގަޑިއިރެއްގެ ދިރާސާއާއި، ދަތުރުތަކާއި، އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރާ އެއްގޮތަށް މިކަން ބައްޓަންކުރުމަށް އެމަނިކުފާނާއި އެކު ކުރެވުނު ދިގު މަޝްވަރާތައް ހިމެނޭ ކަމަށެވެ. އަދި މިއީ ރާއްޖޭގެ ގުދުރަތީ ރީތިކަމުން އުފައްދާ އިގްތިސާދީ މަންފާ، މީގެ ކުރިން ދުވަހަކުވެސް ނުލިބޭ މިންވަރަށް ދިވެހިންނަށް ހޯދައިދިނުމަށާއި، 2040 ވަނަ އަހަރާ ހަމައަށް ރާއްޖެއަކީ މަތީ އާމްދަނީ ލިބޭ ގައުމަކަށް ހެދުމަށް ރައީސް ގެންގުޅުއްވާ ތަސައްވުރު ހާސިލުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް ވިދާޅުވި އެވެ.

ޔޫއޭއީގެ ”ދަ ނޭޝަނަލް ނިއުސް“ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ”މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ“ ގެ ނަމުގައި މި މަޝްރޫއު ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ ރަސްމާލޭގައެވެ. މި މަޝްރޫއުގެ ދަށުން ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓަލްތަކާއި ރިޒޯޓްތަކާއި، ބްރޭންޑެޑް ރެސިޑެންސްތަކާއި، ދުނިޔޭގެ ފެންވަރުގެ މެރީނާއަކާއި، ވޯޓާފްރަންޓް ހިނގާ މަގުތަކާއި، ރެސްޓޯރެންޓްތަކާއި، ފިހާރަތައް އަދި މުނިފޫހިފިލުވުމާއި ދުޅަހެޔޮކަމާ ގުޅޭ ޒަމާނީ މަރުކަޒުތައް ގާއިމުކުރެވޭނެއެވެ.

އީގަލް ހިލްސްއާ ހަވާލާދީ އެ ނޫހުން ބުނެފައި ވަނީ، ތަފާތު ފޭސްތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ޖުމްލަ އިންވެސްޓްމަންޓް 20 ބިލިއަން ޑޮލަރަށް އަރާއިރު، މުޅި މަޝްރޫޢުގެ ތެރެއިން 30 ބިލިއަން ޑޮލަރަށްވުރެ ގިނަ ބޭރުގެ އިންވެސްޓްމަންޓް ވަންނާނެ ކަމަށެވެ. އަދި އޭގެ ތެރެއިން ރާއްޖެއަށް ސާފު އިންވެސްޓްމަންޓްގެ ގޮތުގައި 18 ބިލިއަން ޑޮލަރު ވަންނާނެކަމަށް ލަފާކުރެވެއެވެ.

މީގެ އިތުރުން، މި މަޝްރޫއުގެ ސަބަބުން ސީދާ އަދި ނުސީދާ ގޮތުން 54,000 އަށްވުރެ ގިނަ ވަޒީފާގެ ފުރުސަތު އުފެދި، މަޝްރޫޢު ފުރިހަމަވުމުން އަހަރަކު 1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށް، އަހަރަކު 2 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ފަތުރުވެރިކަމުން ލިބޭނެކަމަށް ވަނީ އަންދާޒާކޮށްފައެވެ.

މި 20 ބިލިއަން ޑޮލަރަކީ އެއްފަހަރާ ކުރާ ހަރަދެއް ނޫންކަމަށާއި، އެއީ ތަފާތު މަރުހުލާތަކަކަށް ބަހާލައިގެން އިންވެސްޓްކުރާނެ އަދަދެއްކަމަށް ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: