ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެ އދ. އާ ގުޅުނުތާ 61 އަހަރު: ކުދި ގައުމުތަކުގެ ހައްގުގައި ވަކާލާތުކުރުމުގައި ރާއްޖެ ދެމިއޮންނާނެ

އދ. ގެ އާންމު މަޖިލީހުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ތަގުރީރު ކުރައްވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

އދ. އަކީ ހުރިހާ މެންބަރު ގައުމުތަކަކަށް ހަމަހަމަކަމާއެކު ފުރުސަތު ލިބިދޭ ތަނަކަށް ހެދުމަށްޓަކައި އެ ޖަމާއަތަށް އިސްލާހީ ބަދަލުތައް ގެނައުމަށް ރާއްޖެއިން އަބަދުވެސް ވަކާލާތުކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދިވެހިރާއްޖެ އދ. ގެ މެންބަރަކަށް ވިތާ 61 އަހަރު ފުރުމާ ގުޅިގެން ފޮނުއްވި މެސެޖުގައި ރައީސް މުއިއްޒު ވިދާޅުވީ، ތަރައްގީ ވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވެފައިވާ މޫސުމީ އަދި އިގްތިސާދީ ގޮންޖެހުންތަކުން އަރައިގަތުމަށް ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއިން އިސްނަގައިގެން މަސައްކަތްކުރާނެ ކަމަށެވެ. އެގޮތުން މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ބޭނުންވާ ފައިސާއާއި، ދަރަނީގެ މައްސަލަތަކަށް ދެމެހެއްޓެނިވި ލުއިތަކެއް ހޯދައިދިނުމުގައި ރާއްޖެއިން މެދުކެނޑުމެއްނެތި އަޑުއުފުލާނެކަމަށް ވިދާޅުވި އެވެ.

ރާއްޖެއިން 21 ސެޕްޓެމްބަރު 1965 ގައި އދ. ގެ މެންބަރުކަން ހޯދުމަށްފަހު ފާއިތުވި ދިގު މާޒީގައި އެ ޖަމާއަތުން ރާއްޖޭގެ ތަރައްގީއަށް ވެދީފައިވާ އެހީތެރިކަމަށް ރައީސް ޝުކުރު އަދާކުރެއްވިއެވެ. އަދި 2040 ވަނަ އަހަރާ ހަމައަށްދާއިރު ރާއްޖެއަކީ ފުރިހަމައަށް ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގައި އދ. އާއެކު އޮތް ގުޅުން އިތުރަށް ބަދަހިކުރައްވާނެކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން އދ. ގެ ނިޒާމުގެ ތެރޭގައި ރާއްޖޭގެ ލީޑާޝިޕް ދައުރު ފުޅާވަމުން އަންނަކަން ފާހަގަކުރައްވައި، ރާއްޖެއިން މިހާރު އަންނަނީ އދ. ގެ އިންސާނީ ހައްގުތަކާއިބެހޭ މަޖިލީހަށާއި ސަލާމަތީ މަޖިލީހުގެ މެންބަރުކަމަށް ވާދަކުރަމުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މީގެ 61 އަހަރު ކުރިން ރާއްޖެ އދ. އާ ގުޅުނީ ބައިނަލްއަގުވާމީ މުޖުތަމައުގެ ބަލައިގަތުން ހޯދުމަށްކަމަށާއި، މިއަދު ރާއްޖެ އޮތީ ބައިނަލްއަގުވާމީ މައްސަލަތަކަށް ހައްލު ހޯދައިދީ މުޅި ދުނިޔޭގެ މުސްތަގުބަލު ބައްޓަންކުރުމުގައި އިސް ސަފުގައި ހރަކާތްތެރިވާން ފުރިހަމައަށް ތައްޔާރަށް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: