ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަކުދިންގެ ޙައްޤުތައް ކަށަވަރުކޮށްދިނުމަށް މަސައްކަތްކުރާނަން: ރައީސް ޞާލިޙް

ފޮޓޯ: ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޑަކުދިންގެ ޙައްޤުތައް ކަށަވަރުކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. 

ކުޑަކުދިންގެ ދުވަހާއި ގުޅިގެން، ރައީސް ޞާލިޙް މިއަދު ކުރެއްވު ޓްވީޓްގައި ވިދާޅުވެފައިވަނީ، ކުޑަކުދިންނަށް އުފާވެރި މުސްތަޤުބަލެއް ކަށަވަރުކޮށް ދެއްވުމުގެގޮތުން، އެ ކުދިންނަށް ބޭނުންވާ ފައިދާހުރި ކާނާއާއި، ތަޢުލީމާއި، އަނިޔާއިން ރައްކާތެރިކުރުން ކަށަވަރުކޮށްދިނުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.

މީގެ އިތުރުން، ރައީސް ވިދާޅުވީ، ކޮރޯނާ ވައިރަހާއި ދެކޮޅަށް ހަނގުރާމަ ކުރަމުންދާއިރު، އެ ވައިރަހުންނާއި، އެހެނިހެން ބަލިތަކުން ކުޑަކުދިން ރައްކާތެރިކޮށްދިނުމަކީ ވެސް، ސަރުކާރުގެ އަމާޒެއް ކަމަށެވެ.

https://twitter.com/ibusolih/status/1259382007986962432?s=19

ރައީސް ޞާލިޙްވަނީ، ކުޑަކުދިންގެ ދުވަހާއި ގުޅިގެން، ރާއްޖޭގެ ހުރިހައި ކުޑަކުދިންނަށް ދުވަހުގެ މުނާސަބާގައި ތަހުނިޔާ ފޮނުއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: