ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެ އާއި ވިލިމާލޭގެ މަގުތައް ތަރައްގީކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ: ޗައިނާގެ ސަފީރު

ޝެއާރކޮށްލާ ކަހަލަދޯ؟

މާލެއާއި ވިލިމާލޭގެ މަގުތައް ތަރައްގީކުރުމާއި ވިލިމާލެ ހޮސްޕިޓަލު ތަރައްގީކުރުމުގެ މަސައްކަތް މިއަހަރު ފަހުކޮޅު ނުވަތަ އަންނަ އަހަރު ކުރީކޮޅު ފެށުމަށް ތައްޔާރުވަމުންދާކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިންހުއާ ވިދާޅުވެއްޖެއެވެ.

ޗައިނާގެ 77 ވަނަ ގައުމީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފުލާގައި ޗައިނާގެ ސަފީރު ވަނީ ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮންނަ ގުޅުމާއި، ޗައިނާއިން ރާއްޖޭގައި ކުރިއަށް ގެންދާ މަޝްރޫއުތަކަށް އަލިއަޅުވާލައްވާފައެވެ.

ޗައިނާގެ ސަފީރު ވިދާޅުވީ، މިއަހަރުވެސް ރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އެގޮތުން ހަނިމާދޫގައި ރުއްތަކަށް ޖެހޭ ބަލި ކޮންޓްރޯލް ކުރުމުގެ މަޝްރޫއު ކާމިޔާބުކަމާއެކު ހިންގާފައިވާކަން ސަފީރު ފާހަގަކުރެއްވިއެވެ.

ސަފީރު ވިދާޅުވީ، ވިލިމާލޭގައި ތަރައްގީކުރާ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލުގެ މަސައްކަތް އޮތީ ބިޑިންގެ މަރުހަލާގައި ކަމަށެވެ. އަދި މާލެއާއި ވިލިމާލޭ މަގުތައް އަލުން ތަރައްގީކުރުމުގެ މަޝްރޫއުގެ ޑިޒައިން މަރުހަލާގައި އޮތްކަން ފާހަގަކުރައްވާ ސަފީރު ވަނީ އެ ދެ މަޝްރޫއުގެ މަސައްކަތް މިއަހަރު ނިމޭއިރު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު ފެށުމަށް މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވެފައެވެ.

ރަށްރަށުގެ ކައުންސިލްތައް އިމާރާތްކުރުމުގެ މަސައްކަތްތައްވެސް ކުރިއަށްދާކަމަށާއި މިއަހަރު ނިމޭއިރު މަޝްރޫއު އެޕްރޫވްވާނެކަމަށް ސަފީރު ވިދާޅުވިއެވެ.

ސަފީރުގެ ވާހަކަފުޅުގައި ވަނީ މީގެ ދުވަސްކޮޅެއް ކުރިން ސިނަމާލެ ބުރިޖުގައި އުޅަނދެއް ޖެހުމުން ޗައިނާގެ މެއިންޓެނަންސް ޓީމުން އެ ހާދިސާ ހިނގިތާ ކުޑަވަގުތުކޮޅެއްގެ ތެރޭޭގައި އިންސްޕެކްޝަނެއް ކުރިއަށް ގެންދިޔަކަން ފާހަގަކުރައްވާފައެވެ.

އޭގެ އިތުރުން، ސަފީރު ވަނީ އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމަކީ، ދެ ގައުމުގެ ވިޔަފާރިތަކަށް ވިޔަފާރީގެ އެއްބާރުލުމުގެ ފުރުސަތުތައް ހޯދައި، އިގުތިސާދީ ގުޅުންތައް ވަރުގަދަކުރުމަށް ލިބޭ ޕްލެޓްފޯމެއްކަން ފާހަގަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: