ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑްގެ ސަބަބުން އުފެއްދުންތެރިކަމުގެ ތިންބައިކުޅަ އެއްބައި ގެއްލި، 15 އަހަރުގެ ތަރައްގީގެ ކުރިއެރުންތައް ފަހަތަށް ދިޔަ: އިރުތިޝާމް

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން 2020 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދީ އުފެއްދުންތެރިކަމުގެ ތިންބައިކުޅަ އެއްބައި ގެއްލި، ވޭތުވެދިޔަ 15 އަހަރުގެ ތަރައްގީގެ ކުރިއެރުންތައް ފަހަތަށް ދިޔަކަމަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒް އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

އދ.ގެ ހައި-ލެވަލް މީޓިންގ އޮން ޕެންޑަމިކް ޕްރިވެންޝަން، ޕްރިޕެއާޑްނަސް އެންޑް ރެސްޕޯންސްގައި މިނިސްޓަރު އިރުތިޝާމް އާދަމް ތަރައްގީވަމުން، ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން، ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން 2020 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދީ އުފެއްދުންތެރިކަމުގެ ތިންބައިކުޅަ އެއްބައި ގެއްލި، ވޭތުވެދިޔަ 15 އަހަރުގެ ތަރައްގީގެ ކުރިއެރުންތައް ފަހަތަށް ދިޔަކަން ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން، ސިޑްސް ގައުމުތަކަށް ދެމެހެއްޓެނިވި މާލީ އެހީތެރިކަމާއި، ވެކްސިނާއި ބޭހާއި ބަލި ދެނެގަންނަ ވަސީލަތްތައް ފޯރުކޮށްދެވޭނެ ވަރުގަދަ ނިޒާމުތަކެއް ބޭނުންވާކަންވެސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ސިއްހީ ދާއިރާގެ އިންސާނީ ވަސީލަތްތަކާއި، ޓެކްނޮލޮޖީ ބަދަލުކުރުމާއި، އަދި ބަލިތައް މޮނިޓަރކުރާ ލެބޯޓްރީ ނެޓްވޯކްތަކަށް އިންވެސްޓްކުރުމުގެ މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވަނީ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ”ޕެންޑެމިކް އެގްރީމަންޓް“ އަދި ”އިންޓަރނޭޝަނަލް ހެލްތު ރެގިއުލޭޝަންސް (2005)“ގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ކުރިމަގުގައި އަތުވެދާނެ ބަލިމަޑުކަމަކަށް ތައްޔާރުވުމަށްޓަކައި މާލީ ވަސީލަތްތައް ކަށަވަރުވެފައި އޮތުމާއި، ނިޒާމުތައް އެކަތިގަނޑަކަށް ގުޅިލާމެހިފައިވުމާއި، ބޭނުންވާ ތަކެއްޗާއި ވަސީލަތްތައް ހަމަހަމަކަމާއެކު ލިބޭނެ މަގުފަހިވެފައި އޮތުމުގެ އިތުރުން މުޖުތަމައުގެ ފުރިހަމަ ތައްޔާރީ ހާލަތު އޮތުމަކީ އިންސާނީ ފުރާނަ ސަލާމަތްކުރުމަށް ކޮންމެހެން މުހިންމު ކަންކަން ކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.

އެއީ އ.ދ.ގެ އާންމު މަޖިލީހުގެ ގަރާރު ނަންބަރު 79/333 ގެ ދަށުން ބާއްވަމުންދާ ބައްދަލުވުމެކެވެ. އެ ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ ބަލިމަޑުކަމުން ރައްކާތެރިވުމާ ގުޅޭގޮތުން 2023 ވަނަ އަހަރު ފާސްކުރި ”ޕޮލިޓިކަލް ޑެކްލެރޭޝަން އޮން ޕެންޑެމިކް ޕްރިވެންޝަން ޕްރިޕެއާޑްނެސް އެންޑް ރެސްޕޮންސް“ ތަންފީޒުކުރެވެމުންދާ މިންވަރު މުރާޖައާކުރުމެވެ.

އެ ބައްދަލުވުމުގެ މަޝްވަރާތައް ބިނާވެފައިވަނީ ދުނިޔޭގެ ފެންވަރުގައި އެ ދާއިރާއިން ލިބިފައިވާ ކުރިއެރުންތައް ދެނެގަތުމަށާއި، ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށާއި، އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބަލިތަކަށް އިޖާބަދެވޭ ފަދަ ވަރުގަދަ ސިއްހީ ނިޒާމުތަކެއް ބިނާކުރުމުގެ މައްޗަށެވެ. އަދި މި އަހަރު ބޭއްވި ބައްދަލުވުމަކީ ޕެންޑެމިކް ޕްރިވެންޝަން ޕްރިޕެއާޑްނެސް އެންޑް ރެސްޕޮންސްގެ ދެވަނަ ހައި-ލެވެލް ބައްދަލުވުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: