ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލަ: 4 މީހުން 30 ދުވަހަށް ބަންދަށް

ބްރިޖު ސަރަހައްދުގެ ޓްރެފިކް ފުލުހުން ބަލަހައްޓަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުން 30 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

މި މަހުގެ 17 ވަނަ ދުވަހުގެ ރޭ ފަތިހު 4:29 ހާއިރު ހައިވޭގައި ބާރު ސްޕީޑުގައި ދިޔަ ސައިކަލު ކޮންޓްރޯލުނުވެ، ފުލުހެއްގެ ގައިގައި ޖެހި އަނިޔާވި މައްސަލައިގައި ހަތަރު މީހަކު ހައްޔަރުކޮށް ފުލުހުން ވަނީ ތިން ސައިކަލެއް ޓޯކޮށްފައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ:

  • ހދ. ކުޅުދުއްފުށި، އުއްދަނޑިމާގެ އުމުރުން 20 އަހަރުގެ ޢަބްދުﷲ ސައްމާޙް ޙަސަން ޞާދިޤް
  • ސ. ހިތަދޫ، ފެނީވާ، އުމުރުން 21 އަހަރުގެ އަޙްމަދު މާއިޝް މުޙައްމަދު މާހިރު
  • ކ. ގާފަރު، މަލަ، އުމުރުން 30 އަހަރުގެ އަޙްމަދު ސިނާޒް
  • ކ. މާލެ، ހ. ފިލްމީސައިޓް، އުމުރުން 21 އަހަރުގެ އަނޫފް ބިން މުޙައްމަދު

އެ ހަތަރު މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރަން ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އެ މީހުންގެ ބަންދަށް 30 ދުވަސް ދީފައެވެ. އަނިޔާވި ފުލުސް މީހާއަށް ލިބިފައިވާ އަނިޔާގެ ފޮޓޯ ރިޕޯޓާއި، ސީސީޓީވީ ފުތޭޖްގެ ސްނެޕް ޝޮޓާއި ފުލުހުންގެ ބަޔާނުގެ އިތުރުން، ތަހުގީގަށް ފާހަގަކުރެވޭ ކަންތައްތަކުގެ ރިޕޯޓު ފުލުހުން ހުށަހަޅާފައިވެއެވެ.

އެ ހަތަރު މީހުންގެ ކުޑަކަމުދާ ތަކެތި މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާކަން ފުލުހުންގެ އައިއޯ ފާހަގަކޮށްފައިވާ ކަމަށް ވެސް ކޯޓު އަމުރުތަކުގައިވެއެވެ. އަދި އެ މީހުންގެ ތެރެއިން އެކަކު ސީންގައި އަޑުގަދަކޮށް ހަޑިހުތުރު ބަހުން މުއާމަލާތްކޮށްފައިވާ ކަމަށް ބުނެފައިވެއެވެ.

އެ ހާދިސާއާ ގުޅިގެން ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދު މީގެ ކުރިން ވިދާޅުވެފައިވަނީ، 100 ކިލޯމީޓަރަށްވުރެ ބާރު ސްޕީޑްގައި ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލަކުން ޖައްސައި ފުލުސް އޮފިސަރުގެ އަނގަމަތި ފަޅައިގެންގޮސް ދަތް ބިނދި ބޮޑެތި އަނިޔާތަކެއް ލިބުނު ކަމަށެވެ.

އެއީ މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކާ ދެކޮޅަށް ފުލުހުން މިހާރު ހިންގަމުންގެންދާ ހާއްސަ އޮޕަރޭޝަނަށް ހުރަސްއަޅައި، އެކަމުގައި ހަރަކާތްތެރިވާ ފުލުހުން ނަފްސާނީގޮތުން ބަލިކަށިކޮށްލައި ފަހަތަށް ޖެއްސުމުގެ މަގުސަދުގައި ގަސްތުގައި ހިންގާފައިވާ އަމަލެއް ކަމަށް ބެލެވޭ ކަމަށް ވެސް ސީޕީ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: