ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުނަދޫ ޕެޓްރޯލް ޝެޑުގައި ހިނގި އަލިފާނުގެ ހާދިސާ ތަހުގީގުކުރަން ފުލުހުންގެ ހާއްސަ ޓީމެއް އެ ރަށަށް

ޝެއާރކޮށްލާ ކަހަލަދޯ؟

ށ. ފުނަދޫގައި ހިންގާ އަމިއްލަ ޕެޓްރޯލް ޝެޑެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާ ތަހުގީގުކޮށް، ސީން ޕްރޮސެސްކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސްގެ މޭޖަ ކްރައިމް އިންވެސްޓިގޭޝަންގެ ހާއްސަ ޓީމެއް އެ ރަށަށް ދިއުމަށް ނިންމައިފިއެވެ.

އާދީއްތަ ދުވަހު ހެނދުނު 8:30 ހާއިރު ރޯވި މި އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ކުރެވިފައިވަނީ މެންދުރު 12 ޖަހާ ބޮޑުވި ފަހުންނެވެ.

އަލިފާން ރޯވި ވަގުތު ޕެޓްރޯލް ޓޭންކު ގޮވައި، 200 ވަރަކަށް ފޫޓު ދުރަށް އެކި ބައިތައް ބުރައިގެން ދިޔުމުގެ ސަބަބުން، ދުރުގައި ތިބި ބައެއް މީހުންނަށް ވެސް އަސަރުކޮށް ފިހިފައިވެއެވެ. މި ހާދިސާއާ ގުޅިގެން ޖުމްލަ 18 މީހަކަށް އެކިވަރުގެ އަނިޔާ ލިބިގެންނާއި ސިއްހީ އެހީތެރިކަން ބޭނުންވެގެން ވަނީ ފަރުވާ ފޯރުކޮށްދީފައެވެ.

އަލިފާންގަނޑު ކޮންޓްރޯލްނުވެ ފެތުރިގެން ދިޔުމުގެ ސަބަބުން ކައިރީގައި ހުރި ތަންތަނަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

އެގޮތުން ކައިރީގައި ހުރި ސައިކަލް މަރާމާތުކުރާ ގަރާޖަކަށާއި، ވެހިކަލް ޕާކުކުރާ ތަނަކަށާއި، ދޯންޏެއްގެ އިތުރުން މީހުން ދިރިއުޅޭ ގެއެއް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދައި އަޅިއަށް ވެފައެވެ.

މި ހާދިސާއާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކައިރީގައި ހުރި 5 ގޭބިސީއަކުން 33 މީހަކު ވަނީ އެހެން ތަންތަނަށް ބަދަލުކޮށްފައެވެ. އަދި ބޭނުންނުކުރެވޭ ވަރަށް އަނދައި ގެއްލުން ލިބުނު ގޭގައި ދިރިއުޅޭ 11 މީހަކަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) މެދުވެރިކޮށް 5 ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސައިދީފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: