ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްވެރިންގެ މުސާރަ ބޮޑުކުރި މައްސަލައިގައި ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި

ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު --- ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ވަޒީރުންގެ މުސާރަ ބޮޑުކުރި މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައި، ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިނުގަނެ މަޖިލީހުން ބޭރުކޮށްލައިފިއެވެ.

މެންބަރު މައުރޫފް ހުށަހެޅުއްވި މި މައްސަލައިގައި ވިދާޅުވެފައިވަނީ، ސިއްހީ އަދި ތައުލީމީ ދާއިރާގެ މުވައްޒަފުންނަށް އެކަށީގެންވާ މުސާރައެއް ކަނޑައެޅިފައިނުވާ އިރު އަދި ޕޭ ހާމަނައިޒޭޝަނާ ގުޅޭ ގޮތުން ކަންބޮޑުވުންތަކެއް ހުރި ދަނޑިވަޅެއްގައި، ދައުލަތުގެ އިސްވެރިންގެ މުސާރަ ބޮޑުކުރުމަކީ ރައްޔިތުންނަށް އިންސާފުވެރި ގޮތެއް ނޫން ކަމަށެވެ.

މީގެއިތުރުން، ގައުމުގެ އިގްތިސާދީ ހާލަތު ދަށަށް ގޮސް، ޚަރަދު ކުޑަކުރުމުގެ ނަމުގައި ރައްޔިތުންނަށް ދަތިވާނޭހެން ސަރުކާރުން އެކި ފިޔަވަޅުތައް އަޅަމުންދާ ދަނޑިވަޅެއްގައި އިސްވެރިންގެ މުސާރަ ބޮޑުކުރުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް އެ މައްސަލައިގައި ފާހަގަކުރައްވާފައިވެއެވެ.

ހަމައެހެންމެ ތައުލީމީ އަދި ސިއްހީ ދާއިރާގެ މަސައްކަތްތެރިން އިތުރުގަޑީގައި ކުރާ މަސައްކަތަށް ފައިސާ ދިނުމުގެ އުސޫލުތަކާ ގުޅޭގޮތުން 16 ޖޫން 2025 ގައި މަޖިލީހަށް ހުށަހެޅި ގަރާރާ ގުޅުވައިގެން ވެސް ހުރި ކަންބޮޑުވުންތައް މެންބަރު ވަނީ އެ ކުއްލި މައްސަލައިގައި ބަޔާންކުރައްވާފައެވެ.

މަޖިލީހުގެ ރައީސްއަށް 22،000ރ. ގެ އިތުރު އެލަވެންސްއެއް ދިނުމަށް މާލިއްޔަތު ކޮމިޓީން އފާސްކޮށްފައިވާއިރު، އެ ބަދަލާއެކު، މަޖިލީހުގެ ރައީސްއަށް މުސާރަ އާއި އިނާޔަތްތަކާއެކު ކޮންމެ މަހަކު 95،000 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ.

އޭގެ އިތުރުން، މިނިސްޓަރުންނަށް ދޭ ޑްރައިވާސް އެލަވެންސް ވެސް ބޮޑުކުރަން ނިންމާފައިވާއިރު، އެ ބަދަލާއެކު ވަޒީރުންނަށް މުސާރައާއި އިނާޔަތްތަކާއެކު ލިބޭ އަދަދު، 58،500 ރުފިޔާއިން 66،000 ރުފިޔާއަށް ބޮޑުވެގެންދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: