ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓު މާދަމާ މަޖިލީހަށް ހުށަހަޅަނީ

ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް މާދަމާ ހުށަހެޅުމަށް ހަމަޖެހިއްޖެއެވެ.

ބަޖެޓު ހުށަހެޅުމަށް ބާއްވާ މަޖިލީހުގެ ޚާއްޞަ ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރުފަހު 1:30 ގައެވެ.

މާދަމާ މަޖިލީހަށް ހުށަހަޅާ ބަޖެޓުގެ ޖުމުލަ އަދަދާއި އޭގެ ތަފްޞީލީ މައުލޫމާތު އަދި ރަސްމީކޮށް ހާމަކޮށްފައި ނުވި ނަމަވެސް، މާލީ އިސްލާޙީ ފިޔަވަޅުތަކާއި އިޤްތިޞާދީ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް މުހިންމު ކަންތައްތަކެއް މި ބަޖެޓުގައި ހިމެނޭނެ ކަމަށް ބެލެވެއެވެ.

މިދިޔަ އަހަރު ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގޮތަށް ފާސްކޮށްފައިވަނީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. .

ބަޖެޓުގެ އަސްލަށް މާބޮޑެތި ބަދަލުތަކެއް ނުގެނައި ނަމަވެސް، ބައެއް ދާއިރާތަކުގެ ޚަރަދުތަކަށް ކޮމިޓީ މަރުޙަލާގައި ބަދަލު ގެނެސްފައިވެއެވެ. އެގޮތުން، ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ބަޖެޓުގެ ގޮތުގައި ކުރިން ކަނޑައެޅި އަދަދަށް 3.5 މިލިއަން ރުފިޔާ އިތުރުކުރަން މަޖިލީހުން ނިންމިއެވެ.

ހުށަހެޅުނު ބަޖެޓުގެ 62 އިންސައްތަ ނުވަތަ 39.9 ބިލިއަން ރުފިޔާ ޚާއްޞަކޮށްފައިވަނީ ރިކަރަންޓް ޚަރަދުތަކަށެވެ. މީގެ ތެރޭގައި ދައުލަތުގެ ގިނަ އަދަދެއްގެ މުވައްޒަފުންގެ މުސާރަތައް ބޮޑުކުރުމާއި، މުސާރައިގެ އޮނިގަނޑު އެއްހަމަކުރުން (ހާމަނައިޒްކުރުން) ހިމެނެއެވެ.

މި ބަޖެޓުގެ މައިގަނޑު އަމާޒު ހިފާފައިވަނީ ރައްޔިތުންގެ ދިރިއުޅުމާ ސީދާ ގުޅުންހުރި ދާއިރާތަކަށެވެ. އެގޮތުން ތަޢުލީމާއި، ޞިއްޙަތާއި، ބޯހިޔާވަހިކަމާއި، ވަޒީފާގެ ފުރުޞަތުތައް ފަހިކުރުމުގެ އިތުރުން ދިރިއުޅުމުގެ އަގުތަކަށް ހެޔޮ ބަދަލުތަކެއް ގެނުވުމަކީ ބަޖެޓުގެ މައިގަނޑު އެއް މަޤްޞަދެވެ. މީގެ އިތުރުން، އަންނަން އޮތް ޖީލުތަކަށް ޤައުމު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވާނެ އިޤްތިޞާދީ އިންޖީނުތަކަށް އިންވެސްޓްކުރުން ބަޖެޓުގައި ހިމެނެއެވެ. މި ބަޖެޓު ފަރުމާކޮށްފައިވަނީ ޖީލުތަކެއް ވަންދެން ބޮލުގައި އެޅިފައިވާ ދަރަންޏަށް ލުއިކަން ގެނެސް، މާލީ ހަރުދަނާކަން އިތުރުކޮށް ހަޤީޤީ ތަރައްޤީ ގެނެވޭނެ އުޞޫލުންނެވެ.

މާލީ ހިސާބުތަކަށް ބަލާއިރު، 2026 ވަނަ އަހަރު ޓެކުހުގެ ގޮތުގައި ދައުލަތަށް 31.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ. އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 8.7 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރެވޭއިރު، ބޭރުގެ އެހީގެ ގޮތުގައި 373.6 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ހިސާބުކޮށްފައެވެ.

އެހެންކަމުން، 2026 ވަނަ އަހަރުގެ ނިޔަލަށް ޖުމުލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 40.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރެވެއެވެ. މިއީ 2025 ވަނަ އަހަރަށް މިހާރު އަންދާޒާކުރާ ޖުމުލަ އާމްދަނީއާއި ހިލޭ އެހީގެ ނިސްބަތާ އަޅައިބަލާއިރު 6.6 އިންސައްތައިގެ ކުރިއެރުމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: