ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ރިޓަޔާކުރައްވަން ހުށަހަޅުއްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިން މަގާމުން ރިޓަޔާކުރައްވަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅުއްވައިފިއެވެ.

އެނގިފައިވާ ގޮތުގައި އޭނާ މަގާމުން ރިޓަޔާކުރައްވަން ހުށަހަޅުއްވާފައިވަނީ މިއަހަރު ނިމުމުންނެވެ. މިދިޔަ ހަފުތާގެ ތެރޭގައި އެކަމަށް އެދި އޭނާ ޖޭއެސްސީއަށް ހުށަހެޅުއްވި ނަމަވެސް، އެކަމާ ގުޅޭގޮތުން އެ ކޮމިޝަނުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ. އަދި ފަނޑިޔާރުކަމުން އޭނާ ރިޓަޔާކުރައްވަން ނިންމެވި ވަކި ސަބަބެއް ވެސް އަދި ސާފެއް ނުވެއެވެ.

އަލީ ރަޝީދަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ އިތުރުން ޝަރުއީ ދާއިރާގެ އެކި މަރުހަލާތަކުގައި ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން އޭނާ ވަނީ ކްރިމިނަލް ކޯޓުގެ ގާޒީކަމާއި، ޑްރަގް ކޯޓުގެ ގާޒީކަމުގެ އިތުރުން ސިވިލް ކޯޓުގެ އިސް ގާޒީކަން ވެސް ކުރައްވައިފައެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް 2019 ވަނަ އަހަރު ކްރިމިނަލް ކޯޓުން އިއްވި ޖަލު ހުކުމުގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ވެސް އަލީ ރަޝީދެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އޭނާ އައްޔަންކުރެއްވީ މީގެ ހަ އަހަރު ކުރިންނެވެ. އެ ކޯޓުގެ ފަނޑިޔާރުކަމުގައި ހުންނެވި ދުވަސްވަރު އޭނާއާ ގުޅޭ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީއަށް ހުށަހެޅުނު ނަމަވެސް، އޭގެ ތެރެއިން އެއްވެސް މައްސަލައެއް އޭނާގެ މައްޗަށް ސާބިތުވެފައެއް ނުވެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން އަލީ ރަޝީދު ރިޓަޔާކުރައްވަން ހުށަހަޅުއްވާފައިވާއިރު، ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވެސް ވަނީ މިދިޔަ އަހަރު މަގާމުން ރިޓަޔާ ކުރައްވައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: