އަތްމަތި ދަތިވެ އިތުރު އާމްދަނީއެއް ހޯދުމުގެ ބޭނުމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވާފައިވާ ކުރުވާހަކަތައް ހިމެނޭ ފޮތް މިރޭ ނެރެން ނިންމައިފިއެވެ.
ރައީސް ނަޝީދު ލިޔުއްވާފައިވާ ”ކުރުވާހަކަ – 80ގެ ކުރީކޮޅު“، މި ފޮތް ނެރެނީ މިރޭ 21:00ގައެވެ. މި ފޮތް ގަންނަން ޕްރީ އޯޑަރަށްވެސް މީގެކުރިން ހުޅުވާލި އިރު ފޮތެއް ވިއްކުމަށް ހަމަޖެހިފައިވަނީ 250 ރުފިޔާއަށެވެ.
ފޮތުގެ އިޝްތިހާރުގައި ނަޝީދު ލިޔުއްވާފައިވާ ގޮތުގައި ފޮތް ނެރެނީ އަތްމަތި ދަތިވެ އިތުރު އާމްދަނީއެއް ހޯދުމަށެވެ.
މީގެކުރިން ރައީސް ނަޝީދު ވިދާޅުވެފައިވަނީ ކުރީގެ ރައީސުންގެ ޕެންޝަނުގެ ބޮޑު ބައެއް ވެސް ކަނޑާލައިފި ކަމަށާއި ފޮރުވާފައި ހުރި ގިނަ ފައިސާ ލ. އަތޮޅުގައި ހުރި ގޯތީގައި ގެ އަޅަން ހަދަން ހުސްވެފައިވާ ކަމަށެވެ. އެހެންކަމުން މި ފޮތް ނެރެނީ އަތްމަތި ދަތިވާތީ ކަމަށް ވިދާޅުވިއެވެ.
މި ފޮތުގައި ހިމެނޭ ބައެއް ވާހަކަތަކަކީ ”ޗާލާ ޒަމާން“، ”ގައުމީ މަޝްރޫއު“، ”މޫސަބަރު“، ކުރުނާމާ އަދި ރީތި ހަދިޔާ“ އެވެ.
ރައީސް ނަޝީދަށް އެހީތެރިވުމުގެ ގޮތުން މި ފޮތް ނެރުމުގެ ހަރަކާތް ސަންގުޓީވީން ލައިވް ކުރާނެއެވެ.

