ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިގާލީ މާއްދާއަކާއި އެކު، ގާނޫނު އަސާސީ އިސްލާހުކުރަން ސުޕްރީމް ކޯޓުން ލަފާދީފި

އިންތިގާލީ މާއްދާއަކާއި އެކު، ގާނޫނު އަސާސީ އިސްލާހުކުރަން ސުޕްރީމް ކޯޓުން ލަފާދިނުން
ޝެއާރކޮށްލާ ކަހަލަދޯ؟

ގާނޫނު އަސާސީގައި އިންތިގާލީ މާއްދާއެއް ހިމަނަން ސުޕްރީމް ކޯޓުން އިސްތިޝާރީ ލަފައެއް ރައްޔިތުންގެ މަޖިލީހަށް ދީފި އެވެ.

ސުޕްރީމް ކޯޓުގެ މި ލަފައަކީ ކައުންސިލްތަކުގެ އިންތިހާބު ނުބޭއްވި، ކައުންސިލަރުންގެ ދައުރު ހަމަވުމުން އަންނަ ގާނުނީ ހުސްކަން ފޫބައްދަން ގާނޫނު އަސާސީއަށް އިންތިގާލީ މާއްދާއެއް އިތުރުކޮށް ގާނޫނޫ އަސާސީ އިސްލާހުކުރަން ދިން ލަފައެކެވެ. މިއީ މިހާރު އޮތް ސުޕްރީމް ކޯޓުން މިފަދަ މައްސަލައެއްގައި ދިން ފުރަތަމަ ލަފަ އެވެ. ލަފާ ދީފަައި ވަނީ ފަސްފަނޑިޔާރުންގެ އިއްތިފާގުންނެވެ.

  ކޮވިޑު ބައްޔާއި ގުޅިގެން ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވިފައިނުވާއިރު، މިހާރު ތިބި ކައުންސިލަރުންގެ ދައުރު ޖޫން މަހަށް ހަމަވާނެއެވެ. އަންނަ ހަފްތާގައި ދައުރު ހަމަވާއިރު،  އާ ކައުންސިލް މެމްބަރުން އިންތިޚާބު ކުރެވެންދެން، މިހާރު ތިބި ކައުންސިލް މެމްބަރުންގެ ދައުރު ދެމިގެންދާ ގޮތަށް ސަރުކާރުން ގާނޫނުއަސާސީއަށް އިސްލާހު ގެންނަން މަޖިލީހަށް ހުށަހެޅިޔަސް، ގާނޫނުއަސާސީ މެދުވެރިކޮށް އެފަދަ ބަދަލެއް ގެނައުމާ މެދު ބައެއް މެމްބަރުންގެ މެދުގައި ވަރަށް ބޮޑަށް ޚިޔާލު ތަފާތުވެ އެކަމުގައި ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައަކަށް އެދުނީ ރައްޔިތުންގެ މަޖިލީހުންނެވެ.

ސުޕްރީލް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން މަޖިލީހަށް ދިން ލަފާގައި ބުނެފައިވަނީ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ އެއްވެސް ކަމަކަށް ބަދަލެއް ގެނެވޭނީ ގާނޫނުގައި ބަޔާން ކުރާ ގޮތުގެ މަތީން ގެނެވޭ އިސްލާހަކުން ކަމަށެވެ. އާންމު ސިއްހަތަށް ކުއްލި ނުރައްކަލުގެ ހާލަތެއް އޮތް ކަމަށް މިނިސްޓަރު އޮފް ހެލްތް އިއުލާން ކުރައްވާފައި އޮތްއޮތުމަކީ ގާނޫނުއަސާސީގެ 267 ވަނަ މާއްދާއިން ގާނޫނު އަސާސީއަށް ބަދަލެއް ގެނައުން މަނާ ކޮށްފައިވާ ހާލަތެއް ކަމަށް ބެލެވޭނެ އެއްވެސް ހަމައެއް އޮތް ކަމަކަށް ނުފެންނަ ކަމަށާއި،  ގާނޫނުއަސާސީގެ އެއްވެސް އަކުރެއް ނުވަތަ ފިއްޔެއް ވެސް ގާނޫނުއަސާސީގެ 12 ވަނަ ބާބުގައި ބަޔާން ކޮށްފައިވާ އުސޫލާ ޚިލާފަށް ބަދަލުކުރުމަށް ބާރު ދައުލަތުގެ އެއްވެސް ބާރަކަށް ހުއްދަ ދީފައި ނުވާކަމަށް އެ ލަފާގައި ވަނީ ބުނެފައެވެ.

ލާފާގައި ބުނެފައިވަނީ 2019/22 ގެ 04 ވަނަ މާއްދާއަށް އިސްލާހު ގެނައުމުގެ ބަދަލުގައި އެ ބިލުން ނުވަތަ އެ ނޫންވެސް ބިލަކުން ގާނޫނު އަސާސީގެ 231 ވަނަ މާއްދާގެ ނައްސަށް އިސްލާހު ގެނެސް ނުވަތަ ގާނޫނު އަސާސީގެ 231 ވަނަ މާއްދާގެ ނައްސަށް ބަދަލު ގެނައުމުގެ ބަދަލުގައި އެ މަގްސަދު ހާސިލް ކުރުމަށް ގާނޫނު އަސާސީގެ 13 ވަނަ ބާބުގެ ފަހަތުގައި ވަކިން އިންތިގާލީ މާއްދާއެއް ހިމަނައޮ، އެގޮތުން ގެނެވޭ އިސްލާހު ގާނޫނު އަސާސީގެ ބައެއްގެ ގޮތުގައި ހިމެނޭ ތާރީހުން ފެށިގެން ދެން އެންމެ އަވަހަށް ބޭއްވޭ ކައުންސިލްތަކުގެ އިންތިހާބު ބޭއްވެން ދެންނާއި، ޖޫން މަހުގެ 03 ވަނަ ދުވަހަށް ދައުރު ހަމަވާއިރު އެ މަގާމުތަކުގައި ތިބޭނެކަމަށް ސަރީހަގޮތަކަށް ބަޔާންކޮށްގެން ނޫނީ އޭޕްރިލްގައި މީގެ ކުރިން ބޭއްވުމަށް ހަމަޖެއްސި އިންތިހާބު ބޭއްވޭނެ މާހައުލެއް ގާއިމްވެ އާ އިންތިހާބެއް ބޭއްވުމާއި ހަމައަށް ދިމާވާ ގާނޫނީ ހުސްކަން ގާނޫނު އަސާސީއާއި އެއްގޮތް ވާ ގޮތުގެ މަތީން ފޫބެއްދޭނެކަމަށް ނުފެންނަ ކަމަށެވެ.  

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: