ކޮވިޑް-19 އަށް އިތުރު 34 މީހަކު ޕޮޒިޓިވްވެ ޖުމްލަ އަދަދު 1547 އަށް އިތުރުވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) ހާމަކޮށްފިއެވެ.
މި ކަން ހާމަކޮށް އެޗްޕީއޭއިން ބުނީ ކޮވިޑް-19 އަށް އިތުރު 34 މީހަކު މިއަދު ޕޮޒިޓިވްވެފައިވާކަމަށެވެ.
މިއަދު ޕޮޒިޓިވްވި މީހުންގެތެރޭގއި ހިމެނެނީ، 12 ދިވެހިންނާއި، ބަންގްލަދޭޝްގެ 21 މީހެއްގެ އިތުރުން، އިންޑިއާ މީހެއްކަމަށް އެޗްޕީއޭއިން ބުނެއެވެ.
މި ކޭސްއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދަކީ 1547 އެވެ.

