ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްލާމީ ޝަހްސިއްޔަތު ކިލަނބުކޮށްލަން ހިންގާ ޖަރީމާތަކުން ރާއްޖެ ސަލާމަތް ކުރުމުގައި ދެމިތިބެން ޖެހޭ: ޝަހީމް

އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެ މާއްދިއްޔަތުގެ ތެރެއަށް ވައްޓާލައި، އިސްލާމީ ޝަހްސިއްޔަތު ކިލަނބުކޮށްލަން ހިންގާ ޖަރީމާތަކުން ރާއްޖެ ސަލާމަތް ކުރުމުގައި ދެމިތިބެން ޖެހޭ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކޮށްދިން ކަމަށް ބުނާ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އަޅައިދިނުމަށް އެދި 4 ނޮވެމްބަރު 2026 ގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފުލުހުންގެ ޚިދުމަތުގައި އެދިފައިވާނެ ކަމަށެވެ.

”ރާއްޖޭގެ ޤާނޫނު އަސާސީއާއި ކަމާ ގުޅުން ހުރި އެހެނިހެން ޤާނޫނުތަކާ ޚިލާފަށް މިފަދަ ކަންކަން ހިންގާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަންޖެހޭނެ،“ ޝަހީމް ވިދާޅުވިއެވެ.

މީގެއިތުރުން ވަޒީރު ވިދާޅުވީ، ރާއްޖެ މާއްދިއްޔަތުގެ ތެރެއަށް ވައްޓާލައި، އިސްލާމީ ޝަހުސިއްޔަތު ކިލަނބުކޮށްލަން ހިންގާ މިފަދަ ޖަރީމާތަކުން ރާއްޖެ ސަލާމަތްކުރުމުގައި އަބަދުވެސް ދެމިތިބެންޖެހޭނެ ކަމަށެވެ.

ރާއްޖޭގެ ރިސޯޓެއްގައި ފިރިހެން ދެ ފަތުރުވެރިޔަކު ކައިވެނިކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް މި ހަފުތާގެ ތެރޭގައި ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކޮށްދޭ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާތީއާއި، އެ އަމަލަކީ ގާނޫނީ ގޮތުން ހުއްދަ ނޫން އަމަލަކަށް ވާތީ ދިވެހި ފުލުހުންގެ ހިދުމަތުން އެ މައްސަލަ މިހާރު ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށް ވެފައި، ދީނީ އަދި ޝަރުއީ އުސޫލުތަކާއި، ރާއްޖޭގެ ގާނޫނުތަކާއި، އާންމު އިޖުތިމާއީ އަދި އަހުލާގީ މިންގަނޑުތަކާ ހިލާފު އެފަދަ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ނުހިންގުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ރިސޯޓުތަކާއި ގެސްޓްހައުސްތަކުގެ އިތުރުން އެހެނިހެން ވަޒީފާތަކުގައި އުޅޭ ބިދޭސީ މުވައްޒަފުން ވެސް އެފަދަ ކަންކަން ނުކުރުމަށް އަންގަމުން، ގާނޫނާ ހިލާފު އަމަލުތައް ހިންގާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: