ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”އަލްޓްރާ ހައި ނެޓްވޯތު“ މާކެޓަށް ރަސްމާލެއަށް ”ގޭޓެޑް ކޮމިއުނިޓީ“ އެއް: ދިވެހިންނަށް ވަދެވެނީ އެޕޮއިންޓްމަންޓް އޮވެގެން

އީގަލް ހިލްސް ޗެއާމަން މުހައްމަދު އަލައްބާރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން/ ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރަސްމާލޭގައި ދުބާއީގެ އީގަލް ހިލްސް ކުރިޔަށް ގެންދާ މަޝްރޫއުއަކީ ބޭރުގެ މުއްސަނދިންނަށް ހާއްސަ ”ގޭޓެޑް ކޮމިއުނިޓީ“ އެއް ނުވަތަ ވަކި ބަޔަކަށް ބަންދުކުރެވިފައިވާ ސަރަހައްދެއްގެ ގޮތުގައި ތަރައްގީ ކުރާ ތަނެއްކަން ހާމަވާ، ހައުސިންގ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްތަލިބުގެ އަޑު ހިމެނޭ އޯޑިއޯއެއް އާންމު ވެއްޖެ އެވެ.

މި މަޝްރޫޢު ދުބާއީގެ މަޝްހޫރު ކުންފުންޏެއްކަމަށްވާ އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދިއުމާ މެދު ސުވާލު އުފެދިފައި ވަނިކޮށް، އެ ކުންފުނީގެ ޗެއާމަން މުހައްމަދު އަލައްބާރު ވަނީ ދާދިފަހުން ރާއްޖެ ވެސް ވަޑައިގަތެވެ. އަލައްބާރުގެ މި ދަތުރުފުޅުގައި ސަރުކާރުގެ އިސް ވެރިންނާ ބައްދަލުކުރައްވައި ރަސްމާލެ ތަރައްގީ ކުރުމުގެ އެއްބަސްވުންތަކާ ގުޅޭގޮތުން މަޝްވަރާ ކުރިޔަށް ގެންގޮސް މީޑިއާތަކަށް އެކްސްކްލޫސިވް އިންޓަވިއުތައް ދެއްވި އެވެ.

މި އެއްބަސްވުމުގެ ސަބަބުން ދިވެހި ދައުލަތަށާއި ރައްޔިތުންނަށް ލިބިދާނެ ގެއްލުންތަކާމެދު އާންމުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތައް ވަނީ އުފެދިފަ އެވެ. ނަމަވެސް މި ތުހުމަތުތައް ސަރުކާރުން ދޮގު ކުރެ އެވެ.

މި މައްސަލައިގައި އީގަލް ހިލްސްއާ ދެކޮޅަށް އެންމެ އިސްކޮށް އަޑުއުފުލަމުން އަންނަ ”އާންމުންގެ ޖަމިއްޔާ“ ގެ ފައުންޑަރ މެންބަރު އަދި ސޯޝަލް މީޑިއާ އެކްޓިވިސްޓް މިދުއަމް ސައުދު ވަނީ ޕްރޮޖެކްޓާއި ގުޅޭގޮތުން މުއްތަލިބާއި ބަންޑާރަ ނައިބު އަހުމަދު އުޝާމްގެ އޯޑިއޯ ކްލިޕްތަކެއް އާންމުކޮށްފަ އެވެ.

އެކި ފަހަރުމަތީން އާންމު ކުރަމުންދާ މި ކްލިޕްތަކުން އެނގޭ ގޮތުގައި، ރަސްމާލެ ގޭޓެޑް ކޮމިއުނިޓީއަކަށް ހަދަން ޖެހެނީ ދުނިޔޭގެ ނިސްބަތުންވެސް އެންމެ މުއްސަނދި މީހުން ނުވަތަ ”އަލްޓްރާ ހައި ނެޓްވޯތު“ މީހުން ޝައުގުވެރި ކުރުވުމަށެވެ. އެފަދަ މީހުން ޗުއްޓީ ހޭދަކުރަން ގަންނަ ގެތަކަށް ކޮންމެ ކޮންމެ ދިވެއްސަކަށް ވަދެވޭ ގޮތަށް އޮވެއްޖެނަމަ އެ މާކެޓް ރާއްޖެއަށް ނުލިބޭނެކަމަށް މުއްތަލިބު ވަނީ ވިދާޅުވެފަ އެވެ.

މި އޯޑިއޯގައި މުއްތަލިބު އިތުރަށް ވިދާޅުވެފައި ވަނީ، ރަސްމާލޭގައި ގާއިމުކުރާ ސްކޫލްތަކަކީ އެތަނުގައި ވަޒީފާ އަދާކުރާ ދާއިމީ މުވައްޒަފުންގެ ދަރިންނަށް ކިޔަވައިދޭން ހާއްސަ ތަންތަން ކަމަށެވެ. އަދި އެ ސަރަހައްދުގައި ހުންނަ ހޮސްޕިޓަލާއި ޝޮޕިންގ މޯލް ދިވެހިންނަށް ބޭނުންކުރެވޭނީ ސަރުކާރުން ވަކިން ޑިމާންޑް ކޮށްގެންކަމަށް ވިދާޅުވިއެވެ.

އެމީހުންގެ ބަޔަށް ވަނުމުގެ ކުރިން ދިވެހިންނަށް ފަސޭހަކަމާ އެކު އެކްސެސް ވެވޭ ގޮތަށް ހޮސްޕިޓަލާއި މޯލް ހުންނަންވާނެ ކަމަށް އަޅުގަނޑުމެން ޑިމާންޑް ކުރީ. އެހެންވީމާ އެޕޮއިންޓްމަންޓް އޮތިއްޔާ ހޮސްޕިޓަލަށް ދެވޭނެ، މޯލްއަށް ވަދެވޭނެ. އެއީ ދިވެހިންނަށް އެއްޗެއް ލިބެން ޖެހޭނެތީ ސަރުކާރުން ކުރި ކަމެއް..

މީގެއިތުރުން، އިންވެސްޓަރުންގެ މުދަލުގެ އަގު ދަށްނުވެ، ދުވަހެއް ދުވަހަކަށް އަގު އުފުލޭނެ ފަދަ ހާއްސަ ރިއަލް އެސްޓޭޓް މާކެޓެއް އުފެއްދުމަށްޓަކައި ގާނޫނީ އޮނިގަނޑެއް އެކުލަވާލުމުގެ މަސައްކަތް ޑްރާފްޓިން މަރުހަލާގައި ކުރިއަށްދާކަމަށް މުއްތަލިބު ވިދާޅުވިއެވެ.

މިހާރު ޓޫރިޒަމް ޤާނޫނު އޮންނަ ގޮތުން 99 އަހަރު ހަމަވުމުން، އެތައް ސަތޭކަ މިލިއަން ޑޮލަރެއްގެ ބަދަލު ދީފައި ދައުލަތަށް އެ މުދާ ނެގުމަކީ ވާނެ ކަމެއް ނޫންކަމަށް މުއްތަލިބު ވިދާޅުވެ އެވެ. އެހެންކަމުން، ސިންގަޕޫރާއި އިނގިރޭސިވިލާތް ފަދަ ގައުމުތަކުގައި އަމަލުކުރާ ބީދައިން، 99 އަހަރުގެ ލީސް މުއްދަތު ހަމަވުމުން ނުވަތަ މުދާ ވިއްކާލާ ހާލަތްތަކުގައި، ސަރުކާރުން ވަކި ފީއެއް ނެގުމަށްފަހު، ކުރީގެ ލީސް ބާތިލުކޮށް ގަންނަ ފަރާތަކަށް އައު ލީސްއެއް ދޫކުރާނެ މެކޭނިޒަމެއް އެކަށައަޅަމުންދާކަމަށް ވަނީ ވިދާޅުވެފަ އެވެ.

މީގެއިތުރުން މާސްޓަރ ޑިވެލޮޕަރު ތަން ތަރައްގީކޮށް ނިމުމުން އޭގެ 10 ޕަސެންޓް ދައުލަތަށް ލިބޭނެކަމަށާއި، އެއީ ގާތްގަނޑަކަށް 31 ބިލިއަން ޑޮލަރުގެ މި މަޝްރޫއުން ދައުލަތަށް ލިބޭނެ 3.1 ބިލިއަން ޑޮލަރުކަމަށް ވެސް އޯޑިއޯގައި ވިދާޅުވެފައިވެއެވެ.

މުއްތަލިބު ވިދާޅުވީ މާސްޓަރ ޑިވެލޮޕަރު މި މަޝްރޫއު ނިންމުމުން ދައުލަތަށް 10 ޕަސެންޓް ލިބޭނެކަމަށާއި، އެއީ ގާތްގަނޑަކަށް 31 ބިލިއަން ޑޮލަރުގެ ޕްރޮޖެކްޓަކުން 3.1 ބިލިއަން ޑޮލަރުކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: