ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިއްރު ޑީލެއް ހަދައިގެން ރައީސް ޔާމީން މިނިވަން ކުރާކަށް ނޫޅެން: ޣައްސާން

ޕީ÷ީއެމްގެ ނައިބް ރައީސް އަދި ތ، ގުރައިދޫ ދާއިރާގެ މެމްބަރު ޢައްސާން މައުމޫން: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސުލްޖުމްހޫރީއްޔާ އަދި އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ޖަލުން މިނިވަން ކުރުމަށް މަސައްކަތް ކުރަނީ ”ސިއްރު ޑީލްތައް“ ހަދައިގެން ނޫން ކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަދި ތ، ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޢައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ޢއްސާން މިފަދައިން ވިދާޅުވީ ކޮރޯނާ ވައިރަހުގެ ސަބަބުން ކައުންސިލް އިންތިހާބު ބޭއްވޭނެ ފަދަ މާހައުލެއް ނެތުމުން މިހާރު ތިބި ކައުންސިލްތަކުގެ ދައުރު ދެންމުމަށް ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލްގެ މަސައްކަތް އަވަސް ކުރުމަށް ޕީޕީއެމް، ޕީއެންސީ ކޯޅިޝަނުން އެއްބާރުލުން ދޭނީ ރައީސް ޔާމީން ގެއަށް ބަދަލުކޮށް ދިނުމުން ކަމަށް ސަރުކާރު ހިންގާ ޕާޓީ އެމްޑީ÷ީގެ މެމްބަރުން ވިދާޅުވުމާއި ގުޅިގެންނެވެ. 

ކޮވިޑް-19 ގެ ސަބަބުން ކައުންސިލް އިންތިހާބު ނުބޭއްވޭތީ އާ ކައުންސިލަރުން އިންތިހާބު ކުރެވެން ދެން މިހާރު ތިބި ކައުންސިލަރުން މަގާމުގައި ތިބެވޭ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ މަސައްކަތް އަވަސް ކުރަން މަޖިލީހުގެ މައިނޯރިޓީ ލީޑަރު، އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) އެއްބަސްވެ ވަޑައެއްނުގެންފައި ނުވާ ކަމަށް މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. 

ރައީސް ނަޝީދު ވިދާޅުވީ އެ މަސައްކަތް އަވަސް ކުރަން މައިނޯރިޓީ ލީޑަރު އަދި ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ސަލީމްއާ އެތައް ފަހަރެއް މަތިން ވާހަކަ ދައްކަވާފައިވާ ކަމަށެވެ. ނަމަވެސް މަސައްކަތް އަވަސް ކުރަން އެއްބަސްވެފައި ނުވާ ކަމަށެވެ. އަދި އެކަމާއި ގުޅިގެން އެމްޑީޕީގެ މެމްބަރުން ވިދާޅުވީ ޕީޕީއެމްއިން އެއްބާރުލުން ނުދިނީ ރައީސް ޔާމީން ގޭބަންދަށް ބަދަލު ކުރަން ހުށަހެޅި ހެށަހެޅުމަށް އިންކާރު ކުރުމުން ކަމަށެވެ. 

އެމްޑީޕީގެ އެ ވާހަތަކަށް ރައްދު ދެއްވައި ޢައްސާން ކުރެއްވި ޓުވިޓުގައި ވިދާޅުވީ ކައުންސިލްތަކުގެ ދައުރު ދެންމުމަށް ގާނޫނުއަސާސީއަށް ސަރުކާރުން އިސްލާހު ހުށަހަޅާ މަޖިލީހަށް ފޮނުވިތާ ދެ މަސްވެފައިވާ ކަމަށާއި އެހެން ކަމުން އެކަން ނުކޮށް ބޭއްވުމަށް ކައުންސިލްތަކުގެ ދައުރު ހަމަވާން ދެ ދުވަހަށް ވުމުން އެކަން ނުކުރެވިގެން އުޅެނީ އިދިކޮޅުގެ ނުވަ މެމްބަރުންނާއި ހެދި ކަމަށް ބުނުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކެއް ކަމަށް ޢައްސާން ވިދާޅުވިއެވެ. އަދި އެމްޑީޕީގެ އެ އަމަލުތަކުން ދޭހަކޮށްދެނީ އެމްޑީޕީގެ ނާގާބިލްކަން ކަމަށް ވެސް ޢައްސާން ވިދާޅުވިއެވެ. 

https://twitter.com/Shiyamaldives/status/1266736346678214657

ޢައްސާން ވިދާޅުވީ ރައީސް ޔާމީން ޖަލަށްލާފައި ވަނީ ނުހައްގުން ކަމަށާއި އެހެންކަމުން ރައީސް ޔާމީން މިނިވަންކޮށް އަލުން ވެރިކަމަށް ގެނައުމުގެ މަސައްކަތް ޕީޕީއެމް، އަދި ޕީއެންސީން ކުރަމުންދަނީ ފާޅުގައި ކަމަށާއި އެކަމުގައި ސިއްރު އެއްވެސް ޑީޅެއް ހަދާފައި ނުވާ ކަމަށް ޢައްސާން މައުމޫން ވިދާޅުވިއެވެ. 

https://twitter.com/mgmaumoon/status/1266741147348561921

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: