ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކެންސަރު ބަލީގެ މީހަކަށް ފަރުވާނުލިބި ނިޔާވެފައިވާކަމަށް ދެކެވެމުން އަންނަ ވާހަކަތައް އައިޖީއެމްއެޗުން ދޮގުކޮށްފި

ފޮޓޯ: ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކެންސަރު ބަލީގެ މީހަކަށް ފަރުވާނުލިބި އައިޖީއެމްއެޗްގައި ނިޔާވެފައިވާކަމަށް ބުނެ ސޯޝަލްމީޑިއާއާއި، މީޑިއާތަކުގައި ދެކެވެމުން އަންނަ ވާހަކަތަކަކީ ޙަޤީޤަތާއި ޚިލާފު ވާހަކަތަކެއްކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

މި ކަން ބަޔާންކޮށް އައިޖީއެމްއެޗުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ކެންސަރު ބަލީގެ ބަލިމީހާ އެންމެ ފުރަތަމަ ދައްކާފައިވަނީ، މެއިމަހުގެ 26 ވަނަ ދުވަހުކަމަށާއި، ފުވައްމުލަކު ހޮސްޕިޓަލުން މި ހޮސްޕިޓަލަށް ރިފަރކޮށްފައިވަނީ ވެސް އެޑްވާންސް ކެންސަރު ކަމަށް ދެނެގަނެ، ސީރިއަސް ކޭސްއެއްގޮތުގަކަމަށެވެ.

މީގެ އިތުރުން އައިޖީއެމްއެޗުން ބުނީ، ކޮވިޑާއި ގުޅިގެން އެ ހޮސްޕިޓަލުން ޢާންމުގޮތެއްގައި ފޯރުކޮށްދޭ ގިނަ ޚިދުމަތްތަކެއް މި ވަގުތަށް ހުއްޓާލާފައިވީ ނަމަވެސް، ސިޓީ ސްކޭނެއްހަދައި، ބަލިމީހާގެހަށިގަނޑަށް ކެންސަރު ފެތުރިފައިވާ މިންވަރާއި، މިފަދަ މިންވަރަކަށް ކެންސަރު ފެތުރިފައިވާނަމަ، ދެން ދިމާވާނެ ކަންތައްތައް ވެސް ބަލިމީހާގެ ޢާއިލާއަށް ކިޔައިދީފައިވާނެކަމަށެެެވެ.

އައިޖީއެމްއެޗުން ބުނީ، ފަރުވާގެ ކަންކަން ކުރިއަށްދަނިކޮށް ބަލިމީހާ ނިޔާވެފައިވަނީ، ހޮސްޕިޓަލުގައި އެނދުމަތި ކުރިތާ ދެ ދުވަސް ފަހުންކަމަށެވެ.

ނަމަވެސް ބަލިމީހާގެ ހާލަތު ސީރިއަސް ނޫންކަމަށް ހޮސްޕިޓަލުން މަޢުލޫމާތުދިން ކަމަށާއި، ބަލިމީހާ ނިޔާވީ ފަރުވާއެއްނުލިބި ހޮސްޕިޓަލުގައި އެނދުމަތިކޮށްފައި އޮންނަތާ 06 ދުވަސްފަހުންކަމަށް ބުނެ މީޑިއާގައި ރިޕޯޓްކޮށްފައިވަނީ ޙަޤީޤަތާއި ޚިލާފަށްކަމަށް އައިޖީއެމްއެޗުން ބުނެފައިވެއެވެ.

އައިޖީއެމްއެޗުން ބުނީ ހޮސްޕިޓަލުނއ ފަރުވާދެމުން އަންނަ މީހަކު ނިޔާވުމަކީ، ފަރުވާދިނުމުގައި ހަރަކާތްތެރިވާ ޑޮކްޓަރުންނާއި ނަރުހުންނާއި އެހެނިހެން މުވައްޒަފުން ވެސް ނުހަނު ބޮޑު ހިތާމައެއް ކުރިމަތިވާކަމެއްކަމަށެވެ.

މީގެއިތުރުން އައިޖިއެމްއެޗުންވަނީ، ހޮސްޕިޓަލުގެ ބަހެއް ލިބުމުގެކުރިން މިފަދަ ނާޒުކު މައްސަލަތަކުގައި ޙަޤީޤަތް އޮޅޭ ގޮތަށް ޚަބަރު ފެތުރުމަކީ ނުހަނު ހިތާމަކުރާކަމެއްކަމަށް ބުނެފައެވެ.

އަދި މިފަދަ މައްސަަލަތައް ރިވިއުކޮށް އިސްލާހުކުރަންޖެހޭ ނުވަތަ ހޮސްޕިޓަލުން މިހާރު އަމަލުކުރަމުންދާ ގޮތަށްވުރެ ރަނގަޅަށް ކުރެވިދާނެކަމެއް އޮތްތޯ ބަލައި، ބަދަލެއް ގެންނަންޖެހޭކަމެއް އޮތްނަމަ، އެ ފަދަ ބަދަލުތައް ވެސް ގެންނާނެކަމުގެ ޔަޤީންކަންދީފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: