ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޓީއޯގެ ސްޕަރމާޓާއި، ހޯލްސޭލް ސެންޓަރު މިއަދު ހުޅުވައިފި

ފޮޓޯ:އެސްޓީއޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އެސްޓީއޯގެ ސްޕަރމާޓާއި، ހޯލްސޭލް ސެންޓަރު މިއަދު ހުޅުވައިފިއެވެ.

އެސްޓީއޯއިން ބުނީ، މިއަދުން ފެށިގެން، އެ ކުންފުނީގެ ސްޕަރމާޓުގެ އިތުރުން، ހޯލްސޭލް ސެންޓަރު ވެސް ހުޅުވާލާފައިވާކަމަށެވެ.

މި ގޮތުން އެ ކުންފުނީގެ ސްޕަރމާޓް ހުޅުވާނީ، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 09:00 އިން ފެށިގެން، މެންދުރުފަހު 15:00 އަށްކަމަށާއި، ހަވީރު 16:00 އިން ފެށިގެން، ރޭގަނޑު 09:00 އަށްކަމަށް އެސްޓީއޯއިން ބުނެއެވެ.

https://twitter.com/sto_supermart/status/1266782236935720960?s=19

މީގެ އިތުރުން، އެ ކުންފުނީގެ ހޯލްސޭލް ސެންޓަރުން ޚިދުމަތްތައް ފޯރުކޮށްދޭނީ، ހުކުރުދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ވެސް، ހެނދުނު 09:00 އިން ފެށިގެން، ހަވީރު 17:00 އަށްކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯއިންވަނީ ވިޔަފާރިކުރަންދާ ދިއުމުގައި ސޯޝަލް ޑިސްޓެންސިންއަށް އަހަންމިއްޔަތުކަން ދިނުމަށާއި، އެޗްޕީއޭގެ އިރުޝާދުތަކަށާއި، ސިއްހީ މާހިރުންގެ ލަފަޔަށް ތަބާވުމަށް ވެސް އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: