ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިޔަފާރިވެރިން މުދާ ކްލިއާ ނުކުރާތީ އެކަމުގެ ދަތިތައް ދަނީ ދިމާވަމުން: އެމްޕީއެލް

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި. އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑާއި ގުޅިގެން އެމްޕީއެލްގެ މަސައްކަތްތަކަށް ބޮޑެތި ބަދަލުތަކެއް އައި އިރު، ލޮކްޑައުންއަށް ދޭ ލުއިތަކާއި އަދި ރޯދަ މަސް ނިމުމާއި އެކު އަނެއްކާވެސް ހިދުމަތްތަކުގެ ގަޑިއަށް ވަނީ ބަދަލުތަކެއް އައިސްފައެވެ. އެގޮތުން ދެ ޝިފްޓަކަށް ބަހާލައިގެން މަސައްކަތްތައް ކުރިޔަށް ދާއިރު ރޭގަނޑުގެ 11:30 އާއި ހަމައަށް މަސައްކަތްތަށް ކުރިޔަށް ދާނެކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި އާއްމުންނަށް މުދާ ކްލިއާ ކުރުމުގެ މަސައްކަތް ހެނދުނު ފަށާއިރު، ރޭގަނޑުގެ 09:00 ޖެހުމާއި ހަމައަށް މަސައްކަތްތައް ނިންމާލެވޭތޯ މަސައްކަތް ކުރެވޭނެކަމަށް ޝާހިދު ވިދާޅުވިއެވެ.

އީފާސްތަކެއް ގާއިމް ކުރެވިފާކަން ފާހަގަކުރައްވާ ޝާހިދު ވިދާޅުވީ، މުދާ އޭޖެންޓުން މުދަލުގެ ބީއެލް އޮންލައިންކޮށް ހުށަހެޅޭނެ ކަމަށެވެ. އަދި އޭގެ އިތުރުން ކޮންސައިލް މުދާ ނުވަތަ މުދާ ނެރޭ ފަރާތްތަކުން ހުށަހަޅަންޖެހޭ ޑީއޯ ވެސް އޮންލައިންކޮށް ހުށަހެޅޭނެކަމަށް ޝާހިދު ވިދާޅުވިއެވެ. އެއާއި އެކު އެމްޕީއެލްގެ ހުރިހާ ޕޭމަންޓެއް ވެސް މިހާރު އޮންލައިން ކުރެވިފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

 ޝާހިދު ވިދާޅުވީ މީގެ ކުރިން ނިންމާފައި އޮތީ ކޮންޓެއިނާތަކަށް ޑެމެރޭޖް ނުނެގުމަށެވެ. އެހެން ނަމަވެސް މިހާރު ލޮކްޑައުންއަށް ލުއިތަކެއް ލިބިފައިވާތީ ކުރިޔަށް އޮތް 12 ދުވަސް ދިނުމަށްފަހު އެ ދުވަހުން ފެށިގެން ޑެމަރޭޖު އަރާނެ ކަމަށެވެ. މާލޭ ޕޯޓަކީ ކުޑަތަނަކަށް ވާއިރު މިހާރު ވެސް ވަރަށް ގިނަ ކޮންޓެއިނަރުތައް ކްލިއާ ނުކޮށް ހުރުމުގެ ސަބަބުން ދަތިތަކެއް ވާ ކަމަށެވެ.

  ”އާންމު ހާލަތެއްގައި މުޅި ޔާޑު ތެރޭގައި 1،500 ކޮންޓެއިނާ މިގެންގުޅެނީ. މިހާރު އެ އަދަދު 3،000 އަރައިގެން ގޮސްފައިވަނީ. އެހާ ވަރަށް ކޮންޓެއިނާތައް ހުރީމަ މި ދިމާވާ މައްސަލައަކީ އަޅުގަނޑުމެންގެ އޮޕަރޭޝަން ލަސްވުމާއި ދަތިތައް ދިމާވުމާއި އަދި އޭގެ އިތުރަށް ކޮންޓެއިނާ ހެންޑުލް ކުރާ އިކުއިޕްމެންޓްތަކަށް ވެސް އިތުރު ގެއްލުންތަކެއްވޭ“ ޝާހިދު

އެމްޕީއެލްގެ ވިޔަފާރި ބަނދަރުން ވިޔަފާރިވެރިން މުދާތައް ކްލިއާނުކޮށް ގިނަ ދުވަސް ވެފައިވާތީ އެކަމާއި ގުޅިގެން އެހެން މުދާތައް ކްލިއާކުރުމުގައި ދަތިތަކަކާއި ދިމާވާކަމަށް އެކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ.

އަލަށް ގެނެސްފައި ހުރި އެކި ބަދަލުތަކާއި އެކު، އަންދާޒާއަކީ ދުވާލެއްގެ މައްޗަށް 120 ކޮންޓެއިނާ ކްލިއާ ކުރުން ކަމަށް ޝާހިދު ވިދާޅުވިއިރު، މީގެ ކުރިން އެމްޕީއެލްއިން ދުވާލެއްގެ މައްޗަށް 200 އެއްހާ ކޮންޓެއިނާ ކްލިއާ ކުރިއެވެ.

ޝާހިދު ވަނީ އައްޑޫ ހިތަދޫ ބަނދަރު އަދި ކުޅުދުއްފުށީގެ ބަނަދަރުން މުދާ ކްލިއާ ކުރުމުގައި ނަގަމުން އައި ޑެމަރޭޖް ފީން 50 އިންސައްތަ ކަނޑާލިޔަސް އަންނަ ޖުލައި މަހާއި ހަމައަށް މުދާ ކްލިއާ ކުރުމާއި ޑެމަރޭޖް ސްޓޯރޭޖް ފީ ވެސް މައާފްކޮށް ދިނުމަށް ނިންމާފައެވެ.

މާލޭ ވިޔަފާރި ބަނދަރަކީ ޖާގައިގެ ދަތިކަން ހުރި ތަނެއްކަމަށް ވުމުން މިހާ ގިނަ ކޮންޓެއިނާތަކެއް ނުނެރެ ގިނަ ދުވަސް ވުމުގެ ސަބަބުން އެމްޕީއެލްއިން ވަނީ ދަތިތަކާއި ކުރިމަތިލާންޖެހޭ ކަން ފާހަގަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: