ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީހުން ފްރޭމްކޮށްގެން މަރުގެ އަދަބު ދީފާނެތީ ކަންބޮޑުވޭ: ކުޑޫ

ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

އިންސާފުވެރި ޝަރީއަތެއް ކުރިޔަށް ގެންގޮސްގެން ނޫންގޮަތަކަށް، އެއްވެސް މީހަކަށް މަރުގެ އަދަބު އިއްވައި ތަންފީޒުކޮށްގެން ނުވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ދަންޖައްސައިގެން މަރުގެ އަދަބު ތަންފީޒުކުރުމުގެ އުސޫލުތަކާއި އިޖުރާއަތުތައް ބަޔާންކުރާ ބިލުގެ ފުރަތަމަ ކިއުން އިއްވައި މިއަދު ފަށާފައި ވަނީ އިބްތިދާއީ ބަހުސްގެ މަރުހަލާ އެވެ.

މި ބިލުގެ މައިގަނޑު މަގުސަދަކީ މަރުގެ އަދަބު ކަނޑައެޅުމާއި ތަންފީޒުކުރުމުގައި ގާނޫނީ ހަރުދަނާ އުސޫލުތަކެއް ގާއިމުކުރުމެވެ. މި ބިލުގައިވާ ގޮތުން މަރުގެ އަދަބު ކަނޑައެޅޭނީ ޝަރުއީ މަރުހަލާތަކުން ނިހާއީ ހުކުމެއް އައުމުންނާއި، ތަހުގީގާއި ޝަރީއަތުގައި ވަކީލެއްގެ އެހީތެރިކަން ފުރިހަމައަށް ލިބިފައިވާކަން ކަށަވަރުވުމުންނެވެ. އަދި މި އަދަބު ތަންފީޒުކުރުމުގެ ކަންކަން ބެލެހެއްޓުމަށް، ފަތުވާ މަޖިލީހާއި ޕީޖީ އޮފީސް ހިމެނޭހެން ކަމާގުޅޭ އިދާރާތަކުގެ މަންދޫބުން އެކުލެވޭ ހަތް މެންބަރުންގެ ޕެނަލެއް އުފެއްދުމަށްވެސް މި ބިލުގައި ވަނީ ކަނޑައަޅާފައެވެ.

ބިލުގެ ބަހުސްގައި އިބްރާހީމް ވިދާޅުވީ، މަރުގެ އަދަބު ދިނުމާއި ގުޅޭ ބިލަކީ ވަރަށް ހައްސާސް ބިލެއް ކަމަށެވެ. މަރުގެ އަދަބަކީ އިސްލާމް ދީނުމުގައި ކަނޑައެޅިފައިވާ ހައްދެއްކަން ފާހަގަކުރައްވައި އިބްރާހިމް ވިދާޅުވީ ރާއްޖޭގެ އަދުލު އިންސާފާއި ޝަރުއީ ނިޒާމު މިއަދު އޮތް ހާލަތުން ބިލު އޮތް ގޮތާއި މެދު ކަންބޮޑުވާކަމަށެވެ.

”ޖެންޑާ މިނިސްޓްރީގެ ކުޑަކުދިިންނަށް ޖިންސީގޯނާ ކުރާމީހުންގެ ދަފްތަރުގައި ޖަލުހުކުމް ތަންފީޒް ކުރަންޖެހޭ 240 އެތައްބައެއްގެ ތެރޭން 20 މީހުން ތިބީ ގޭބަންދުގައި، މީ ވަރަށް ބޮޑު ކަންބޮޑުވުމެއް“ އިބްރާހިމް

އިބްރާހިމް ވިދާޅުވީ ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުގައި ވެސް ބޮޑެތި މައްސަލަތައް އެބަހުރި ކަމަށެވެ. އެއަށްފަހު އޭނާ ފާހަގަކުރެއްވީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކުގައި ތުހުމަތު ކުރެވޭ އެތައް ބަޔަކު މުޖްތަމައުގެ ތެރެއަށް ދޫކޮށްލެވިފައިވާކަމެވެ. އަދި މިފަދަ މައްސަލަތަކުން ވެސް، ރާއްޖޭގެ ހާލަތު އެނގިގެންދާކަމަށް އިބްރާހިމް ވަނީ ވިދާޅުވެފަ އެވެ.

މަރުގެ އަދަބު ދިނުމާއި ގުޅޭ ބިލުގެ އެންމެ ބޮޑު ކަންބޮޑުވުމެއްކަމަށް އޭނާ ވިދާޅުވީ، މީހުން ފްރޭމްކޮށްގެން މަރުގެ އަދަބު ތަންފީޒު ކުރުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: