ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީއެންސީއާއެކު ކޯލިޝަން ހެދީ ގައުމާއި ދީނުގެ ދިފާއުގައި މަސައްކަތް ކުރާތީ: ޝިފާން

ޕީއެންސީ އަދި އަދާލަތު ޕާޓީ ކޯލިޝަން -- ފޮޓޯ: ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާއެކު އަދާލަތު ޕާޓީން ކޯލިޝަން ހެދީ އެ ޕާޓީގެ މުހިންމު އަސާސްތައް ސަރުކާރުން ދަމަހައްޓާތީ އާއި، ދީނާއި ގައުމުގެ ދިފާއުގައި މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ލިބިފައިވާތީ ކަމަށް އަދާލަތު ޕާޓީގެ ރައީސް މުހައްމަދު ޝިފާން ވިދާޅުވެއްޖެއެވެ.

ޕީއެންސީ އާއި އަދާލަތު ޕާޓީ ގުޅިގެން މަސައްކަތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝިފާން ވިދާޅުވީ، ސަރުކާރާއެކު ސާބިތުކަމާއެކު ދެމިތިބުމަށް ނިންމީ ޕާޓީގެ އިލްމުވެރިންނާއި، މަޝްވަރާ މަޖިލިސް އަދި އާންމު މެންބަރުންނާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ފަހު ކަމަށެވެ.

އަދާލަތު ޕާޓީގެ އެންމެ މުހިންމު އަސާސަކީ އިސްލާމްދީނާއި، ދިވެހި ގައުމިއްޔަތާއި، މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުންކަން ފާހަގަކުރައްވައި ޝިފާން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާ ގުޅުނީ އެ އަމާޒަށް ވާސިލުވުމަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށެވެ.

ދީނީ އަދި އިޖުތިމާއީ ދާއިރާއިން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް އަލިއަޅުއްވާލައްވަމުން ޝިފާން ވިދާޅުވީ:

”މިގޮތުން ބަލާއިރު އިސްލާމިކް ފައިނޭންސް ފުޅާކުރުމާއި ޒަކާތުގެ ވަގުފުގެ ނިޒާމް ހަރުދަނާ ކުރުމަކީ އަދާލަތު ޕާޓީން އަބަދުވެސް ވަކާލަތުކުރާ ސިޔާސަތުތަކަށް ވީ ހިނދު އެކަންކަން މި ސަރުކާރުން ތަންފީޒު ކުރަމުން ގެންދިއުމާއި ޒުވާން ޖީލު ހެޔޮގޮތުގައި ބިނާ ކުރުމަށްޓަކައި ތައުލީމީ ނިޒާމަށް ގެންނަމުންދާ ހެޔޮ ބަދަލުތަކާއި، ވަތަނީ ހިދުމަތާއި ހާފިޒުންނާއި ޒުވާން ހަތީބުން އުފެއްދުމުގެ ޕްރޮގްރާމްތަކަކީ ރައްޔިތުންނާއި އަދި މި ޕާޓީންވެސް ނުހަނު ބޮޑަށް ބަލައިގެންފައިވާ ސިޔާސަތުތަކެއްކަން ފާހަގަކޮށްލަން،“

ދިވެހިރާއްޖެއަށް ލިބިފައިވާ އެންމެ ބޮޑު ނިއުމަތަކީ ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ގޮތުގައި ދެމިއޮތުން ކަމަށާއި، އެކަމަށް ބުރޫއަރާނެ އެއްވެސް ކަމެއް ނުކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވާފައިވާ ކަމަށް ޝިފާން ވިދާޅުވިއެވެ. އަދި ރާއްޖޭގެ ބިމާއި ކަނޑުން އިންޗިއެއްގެ މިންވަރުވެސް ބޭރުގެ އެއްވެސް ފަރާތަކަށް މިލްކު ނުކުރެވޭނެކަން ކަށަވަރު ކުރައްވާނެ ކަމުގެ ޔަގީންކަންވެސް ރައީސް ދެއްވާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ދައުލަތުގެ ދަރަނި ދެއްކުމާއި އިގްތިސާދީ ގޮންޖެހުންތަކުން އަރައިގަތުމަށާއި، ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމާއި، ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ އިތުރުން ބޯހިޔާވަހިކަމާއި ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައިވެސް އަދާލަތު ޕާޓީގެ ފުރިހަމަ އެއްބާރުލުން ސަރުކާރަށް ލިބިގެންދާނެ ކަމަށް ޝިފާން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: