ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

99 އިންސައްތަ ބިދޭސީންގެ ބަޔޯމެޓްރިކްސް ނަގައި 13000 ބިދޭސީން ފުރުވާލައިފިން: ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ ތިން އަހަރު 99 އިންސައްތަ ބިދޭސީންގެ ބަޔޯމެޓްރިކްސް ނަގައި 13000 ބިދޭސީން ފުރުވާލާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސަރުކާރަށް 3 އަހަރު ފުރުމުގެ މުނާސަބާގައި ބޭއްވި ޖަލްސާގައި ރައީސް ވަނީ ބިދޭސީންނާއި ގުޅިގެން ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ރައީސް ވިދާޅުވީ ބިދޭސީންގެ 99 އިންސައްތައިގެ ދިހަ އިނގިލީގެ ނިޝާން ނަގާފައިވާ ކަމަށެވެ.

ބާކީ އޮތީ އެންމެ އިންސައްތަ އެއް ކަމަށާއި މި އަދަދަކީ ދުނިޔޭގެ އެހެން ގައުމުތަކުން 1 ޕަސެންޓު ހާސިލްކޮށްފައިވާ ކަމެއް ކަމަށް ވިދާޅުވިއެވެ.

މަސައްކަތެއް ކުރަންޏާއި ކަންކަން ހާސިލްކުރެވޭނެ ކަމަށް ރައީސް ވިދަޅުވިއެވެ.

”ގަވައިދާ ހިލާފަށް އުޅޭ މީހުންގެ ތެރެއިން ގިނަ ބަޔަކު، ރެކޯޑު އަދަދަކަށް މީހުން ފޮނުވާވެސް ލެވިއްޖެ“

13000 ބިދޭސީން ފޮނުވާލެވިފައިވާ ކަމަށާއި މިއީ މިދިޔަ އެއްވެސް ސަރުކާރަކަށް ނުކުރެވުނު ކަމެއް ކަމަށް ރައީސް ވިދާޅޫވިއެވެ. ރައީސް ވިދާޅުވީ ދާހިލީ ދާއިރާއިން މިފަދަ ގިނަ ކަންކަން ރަނގަޅޫ ކުރެވިފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: