ސަރުކާރުން އެކި ކުންފުނިތަކަށް ދައްކަން ޖެހޭ ބިލުތަކުގެ ތެރެއިން މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު ނުދައްކާ ހުރި ބިލުތައް ދައްކަން 25.13 ބިލިއަން ރުފިޔާގެ ހޭދަ ކުރައްވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބާގައި ރައީސް ވިދާޅުވީ ”ޑެޓް ޓު ޖީޑީޕީ“ ހުރީ 123.7 އިންސައްތައިގައި ކަމަށެވެ. 2024 ވަނަ އަހަރުގެ ބަޖެޓު ހަދަން ނުލިބުން ކަމަށާއި، އެގޮތުން އިދިކޮޅުން އޭރު ދިނީ ވަރަށް ދަތިވާގޮތަށް ބަޖެޓު ހަދާފައި ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ބަޖެޓު ފާސްކޮށްފައި ދިޔައީ އެއްވެސް ކަމެއް މެނޭޖުނުވާނެ ގޮތަށް ކަމަށެވެ.
ރައީސް ވިދާޅުވީ އޭރު ދިމާވި ދަތިތަކާއި އެކުވެސް ސަރުކާރުން މަސައްކަތް ކުރީ ކުރިން ނުދައްކާހުރި ހުރިހާ ބިލެއް ނުވަތަ ވީހާވެސް ގިނަ ބިލުތައް ދެއްކުމަށް ކަމަށެވެ.
”މިދޔަ ސަރުކާރު ނިމިގެން ދިޔައިރުގައި ނުދައްކާހުރި ވަރަށް ބައިވަރު ބިލުތައް ހުރި އާއްމު ރައްޔިތުންގެ. އަޅުގަނޑުމެން އިސްކަންދިނީ 2024 ވަނަ އަހަރު މީގެތެރއިން ބޮޑު އަދަދެއް ދެއްކުމަށްޓަކައި“
2024 އަދި 2025 ވަނަ އަހަރު އެއްކޮށް 1.55 ބިލިއަން ރުފިޔާގެ ބިލުތައް އެކިއެކި ކުންފުނިތަކަށް ދައްކާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. މިދިޔަ ތިން އަހަރަށް ބަލާއިރު 25.13 ބިލިއަން ރުފިޔާގެ ބިލުތައް ހަދައި ނިންމާފައިވާ ކަމަށް އެމަނިކުފާނު ފާހަގކުރެއްވިއެވެ.
މި ޕޭމެންޓުތައް ހެދުމަށް ފަހުވެސް މިހާރު އަންދާޒާކުރެވޭ ގޮތުން 2028 ވަނަ އަހަރުގެ ބަޖެޓް ސަރުކާރާއި 2023 ވަނަ އަހަރު ހަވާލުވި ވަރަށްވުރެ ވެސް ޑެބިޓް ޑެފިސިޓް ކުޑަކުރެވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ޑެބިޓް ޓު ޖީޑީޕީ ރޭޝިއޯ ކުޑަކުރި ސަބަބުން އިޤުތިޞާދަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
2029 ވަނަ އަހަރު ޑެބިޓް ޓު ޖީޑީޕީ ރޭޓު %112.9 އަށް ކުޑަ ކުރެވޭނެކަމަށް ލަފާކުރެވޭ ކަމަށާއި، އެއީ ކޮވިޑުގެ ކުރިން އިގްތިޞާދު ހުރި މިންވަރަށްވުރެ ރަނގަޅު މިންވަރެއްކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ދަރަނި ދެއްކުމަށް މި އަހަރު ޚާއްސަ އިސްކަމެއް ދެއްވާފައިވާކަމަށް ވިދާޅުވިއެވެ.

