ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިޒުރޭލުގެ އެއްވެސް ރައްޔިތަކަށް އެއްވެސް ޕާސްޕޯޓެއްގައި ނާދެވޭނެ: ސުޖާޢު

ފޮޓޯ: ޕީ.އެސް.އެމް ނިއުސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިމިގްރޭޝަން ބިލު ފާސްވެ ގާނޫނަކަށް ވުމުން އިޒުރޭލުގެ އެއްވެސް ރައްޔިތަކަށް އެހެން ގައުމެއްގެ ޕާސްޕޯޓެއްގައި ވެސް ރާއްޖެ އެތެރެނުވެވޭނެ ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ސުޖާޢު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާއޫދުއެވެ.

މި ބިލުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ އިމިގްރޭޝަން ނިޒާމާއި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތަކަށް ދާއިމީ ހައްލެއް ގެނައުމެވެ. އޭގެ އިތުރުން، އިޒުރޭލުގެ ޕާސްޕޯޓު އޮންނަ މީހުން އެހެން ގައުމުތަކުގެ ޑުއަލް ޕާސްޕޯޓު ބޭނުންކޮށްގެން ރާއްޖެ އެތެރެވުން ހުއްޓުވުމަށް ހައްލެއް ހޯދުމަކީ ވެސް މި ބިލުގެ މުހިންމު ބޭނުމެއް ކަމަށް ބަޔާންކޮށްފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މި ބިލަށް ބަހުސްކުރައްވަމުން ސުޖާޢު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ މާ ކުރިން ވެސް ރާއްޖޭގައި ބިދޭސީންގެ މައްސަލަ އޮތީ ގައުމީ ސަލާމަތަށް ނުރައްކާވާ މިންވަރަށް ބޮޑުވެފައި ކަމަށެވެ. ނަމަވެސް، ވެރިކަމަށް ވަޑައިގެން ރައީސް އެންމެ އިސްކަމެއް ދެއްވައިގެން ހައްލުކުރަން ބޭނުންފުޅުވި އެއް ކަމަކީ ބިދޭސީންގެ މި މައްސަލަ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލު އަޙްމަދު ނަސީމް ދެއްކެވި ވާހަކަފުޅަށް ރައްދުދެއްވަމުން ސުޖާޢު ވިދާޅުވީ، މި ބިލު ފާސްވުމުން އިޒުރޭލުގެ ރައްޔިތުންނަށް އެއްވެސް ދޮރެއް ނޯންނާނެ ކަމަށެވެ.

”މި ބިލުން އެބައޮތް ވަރަށް ސާފުބަހުން ފާހަގަކޮށްފައި، އިޒުރޭލުގެ އެއްވެސް ރައްޔިތަކަށް ޑުއަލް ޕާސްޕޯޓެއް ކީއްކުރަން އެހެން ޕާސްޕޯޓެއްގައި ވެސް ނާދެވޭނެ،“ ސުޖާޢު ވިދާޅުވިއެވެ.

މީގެ އިތުރުން ސުޖާޢު ފާހަގަކުރެއްވި ގޮތުގައި، މި ބިލުގައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި، މަގާމުން ވަކިކުރުމާއި، އިސްތިއުފާ ދިނުމާއި، މުސާރައާއި އިނާޔަތްތަކާ ގުޅޭ އެންމެހައި އިޖުރާއާތުތައް ވަރަށް ތަފުސީލުކޮށް ބަޔާންކޮށްފައިވެއެވެ. އަދި ރާއްޖެއަށް ބިދޭސީން އެތެރެވުމުގެ އުސޫލުތަކާއި، ބޯޑަރު ކޮންޓްރޯލްގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ވެސް ބިލުގައި ހިމަނާފައިވާ ކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: