ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިލިވަރު ފެސިލިޓީ ބަޔަކާއި ހަވަލުކުރީ ބިޑް ކޮމިޓީން ހުއްދަ ދިނުމުގެ ކުރިން: އޮޑިޓް ރިޕޯޓް

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އާއި ގުޅިގެން ވިލިވަރުގައި ކަރަންޓީން ފެސިލިޓީއެއް ހެދުމަށް ބަޔަކާއި ހަވާލުކުރީ ބިޑް ކޮމިޓީގެ ނިންމުމަކާއި ނުލާ ކަމަށް ކޮވިޑާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ކުރި ހަރަދުތަކާ ގުޅިގެން ކޮށްފައިވާ ކޮމްޕްލަޔަންސް އޮޑިޓްގައި ފާހަގަކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ކޮމްޕްލަޔަންސް އޮޑިޓްގައި ފާހަގަކޮށްފައވާ ގޮތުން މި އަހަރުގެ ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހު މިނިސްޓްރީގެ ސީނިއާ މެނޭޖްމަންޓުން ވިލިވަރުގައި ކަރަންޓީން ފެސިލިޓީގެ މަސައްކަތް ކުރަން ނިންމުމަށްފަހު، އަމިއްލަ ކުންފުންޏަކާ ހަވާލުކުރުމަށް ބިޑް ކޮމެޓީގެ ނިންމުމަކަށް އެދުނެވެ. 

އޭގެ ފަހުން މާޗް 5 ވަނަ ދުވަހު ބިޑް ކޮމެޓީގެ ބައްދަލުވުމެއްގައި އެ މަސައްކަތް އަމިއްލަ ކުންފުންޏަކާއި ސިންގަލް ސޯސް ޕްރޮކިއުމަންޓް އުސޫލުގެ ދަށުން ހަވާލުކުރިނަމަވެސް ބިޑް ކޮމިޓީން ހުއްދަ ދީފައިވާ ކަމަށް އޮތީ މާޗް މަހުގެ 16 ވަނަ ދުވަހުއެވެ.

ވިލިވަރުގައި ކަރަންޓީން ފެސިލިޓީ ހެނދުމަށް 6.3 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވެ އެވެ. އެއީ މަސައްކަތުގެ އަގުގެ ގޮތުގައި 2.1 މިލިއަން ރުފިޔާ އާއި މެޝިނަރީ އަށް 2.8 މިލިއަން ރުފިޔާ އެވެ. އަދި އެތަނަށް ބޭނުންވާ ފަރުނީޗަރާއި އިކުއިޕްމަންޓަށް 1.1 މިލިއަން ރުފިޔާ ހޭދަކުރިއެވެ. 

އޮޑިޓް ރިޕޯޓުގައި އެއީ ކޮން ކުންފުޏެއްކަން ބަޔާން ކޮށްފައި ނުވިޔަސް މާލިއްޔަތުގެ ގަވާއިދުގެ ދަށުން އެ ކުންފުނީގެ މާލީ އަދި ފަންނީ ގާބިލުކަން ޔަގީން ކުރިކަމެއް ލިޔެކިއުމުން އެނގޭކަށް ނެތް ކަމަށް އޮޑިޓް ރިޕޯޓުގައިވެއެވެ.

ވިލިވަރުގައި 30 ރޫމްގެ ކަރަންޓީން ފެސިލިޓީއެއް ހަދާފައިވެ އެވެ. މި މަސައްކަތް ކޮށްފައިވަނީ ޓޫރިޒަމްގެ ޓްރަސްޓް ފަންޑުންނެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: