ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރިއަށް އޮތް ހަތަރު މަސް ތެރޭ ރައީސް ނަޝީދު އެމްޑީޕީގެ ކޮންޓްރޯލް ނަގައި ސަރުކާރުގެ މައްޗަށް ބާރުފޯރުވާނެ: އާދަމް ޝަރީފް

ޕީއެންސީ ނައިބް ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު: ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް ހަތަރު މަސް ތެރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު އެމްޑީޕީ އެމަނިކުފާންގެ ކޮންޓްރޯލްގެ ދަށަށް ގެނެސް ސަރުކާރުގެ މައްޗަށް ބާރުފޯރުވާނެ ކަމަށް ޕީއެންސީގެ ނައިބް ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

“ސަންގުޓީވީ”ގެ ހަބަރަށް ފަހު ޕްރޮގުރާމުގައި ވާހަކަފުޅު ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ މިހާރު ފެންނަމުންދާ މަންޒަރުތަކާއި ކަންކަން ހިނގަމުންދާ ގޮތަށް ބަލާއިރު އެމްޑީޕީ ދެ ފަޅިވެފައިވާ ކަމަށާއި އަދި މިވަގުތު އެމްޑީޕީ ކޮންޓްރޯލް ކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ އެމްޑީޕީ ދެފަޅި ނުވާ ކަމަށް އެ ޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވާ ބޭފުޅުން ވިދާޅުވި ނަމަވެސް އެއީ ހަގީގަތެއް ނޫންކަން ރާއްޖޭގެ ހުރިހައި ރައްޔިތުންނަށް ވެސް މިހާރު ސާފު ކަމަށާއި އަދި ރައީސް ނަޝީދު މިހާރު ކުރައްވަމުންދާ މަސައްކަތުގެ ތެރެއިން ރައީސް ސާލާލިހުގެ ކޮންޓްރޯލް އޮތް އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ކޮންޓްރޯލް ވެސް ނަންގަވައި މުޅި މަންޒަރު ބަދަލުވެގެންދާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އެގޮތުން ރައީސް ނަޝީދު ސަރުކާރުގެ މައްޗަށް ގަދަވެ އެމްޑީޕީގެ ކޮންޓްރޯލް ނަންގަވާ ހިސާބުން ރާއްޖޭގެ ސިޔާސީ މަޝްރަހު ބަދަލުވެގެންދާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވި ގޮތުގައި އެމްޑީޕީއާއި ސަރުކާރުގެ ކޮންޓްރޯލް ނެންގުވުމަށް ރައީސް ނަޝީދު ގެންގުޅުއްވާ އުކުޅަކީ ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތް ކުރެއްވުމެވެ. އެގޮތުން ރައީސް ސާލިހުގެ ސަރުކާރުގެ ވޔޒާރާތަކާއި ކުންފުނިތަކުގައި ހިންގަމުންދާ ކޮރަޕްޝަންގެ ކަންކަން ފަލާއަރުވާލާނީ ރައީސް ނަޝީދު ކަމަށާއި އެކަންކަން މިހާރު ވެސް މަޖިލީހުގެ ތެރެއިން ރައީސް ނަޝީދު ކުރައްވަމުން ގެންދަވާ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

#Khabarahfahu

#Khabarahfahu

Posted by Sangu TV on Thursday, 20 August 2020

މީގެއިތުރުން އާދަމް ޝަރީފް ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް ވައްކަމާއި ކޮރަޕްޝަނާއި ދެކޮޅަށް ވަކާލާތު ކުރާ ޕާޓީއެއް ކަމަށާއި ނަމަވެސް މިއަދު އެމްޑީއާއި ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނާއި ވައްކަން އިންތިހާއަށް ގޮސްފައިވާ ކަމަށާއި އެކަންކަން ހުއްޓުވާނީ ރައީސް ނަޝީދު ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އެކަމުގެ ހެއްކަކީ ސަރުކާރާއި ދެކޮަށް އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ހުށަހަޅައި ކުއްލި މައްސަލަ މަޖިލީހުގެ ތަޅުމަށް ބަލައިގަނެ އެ މައްސަލަތަކަށް ބަހުސް ކުރުމުގެ ފުރުސަތު ރައީސް ނަޝީދު ދެއްވުން ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ ރައީސް ނަޝީދަކީ ކޮރަޕްޝަނާއި ދެކޮޅަށް ވަރަށް ހީވާގި ކަމާއި އެކު މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށް އޭނާ ވިދާޅުވުމުން ބައެއް ބޭފުޅުންނަށް އެއީ މާ ކަމުދާ ވާހަކައަކަށް ނުވި ކަމަށާއި ހާއްސަކޮށް އޭނާ ނިސްބަތްވާ ޕީއެންސީއާއި ޕީޕީއެމްގެ ބޭފުޅުންނަށް އެ ވާހަކަ އެއީ ހިތްގައިމް ވާހަކައަކަށް ނުވި ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. ނަމަވެސް މިއަދު މަޖިލީޙުގެ ތެރޭގައި އޮތް ސަރުކާރުގެ ނުފޫޒް ކުޑަކޮށް އަދި ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތަކުގެ މައްސަލަތައް މަޖިލީޙުގެ އެކިއެކި ކޮމޓީތަކަށް ހުށަހަޅައި ބަލަމުން ދަނީ ރައީސް ނަޝީދު ކުރައްވާ މަސައްކަތުން ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. ނަމަވެސް ރައީސް އާދަމް ޝަރީފް ވިދާޅުވީ ރައީސް ނަޝީދު ކޮރަޕްޝަންގެ އަމަލުތައް ހިންގަވަނީ ފައިސާގެ ތެރެއިން ނޫން ކަމަށާއި ރައީސް ނަޝީދު އެކަން ކުރައްވަނީ ނުފޫޒް ބޭނުން ކުރައްވައިގެން ކަމަށެވެ. އެގޮތުން ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކޮށް ހުރިހައި ބާރެއް މަޖިލީޙުގެ ތެރެއަށް ނެގުމަށް ރައީސް ނަޝީދު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

މީގެއިތުރުން އާދަމް ޝަރީފް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ރައީސް ސާލިހުގެ ސަރުކާރުގެ ދެ ވަޒީރެއްގެ މައްޗަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތައް ކުރެވޭއިރު އެމަނިކުފާން އެއްވެސް ބަސްފުޅެއް ވިދާޅުނުވެ ހުންނެވުމަކީ ވަރަށް ޒިންމާދާރުކަން ކުޑަކަެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ހެލްތް މިނިސްޓަރ އަބްދުﷲ އަމީން އަމިއްލަފުޅަސް މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިވެ ވަޑައިގަތުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެފަދަ ކަމަކަށް ރައީސް ޖާގަ ދެއްވައިގެން ނުވާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އަދި ވިދާޅުވީ ހެލްތް މިނިސްޓަރ އަބްދުﷲ އަމީންއަށާއި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރުއަށް ރައްޔިތުންގެ ކޯޓުގައި އެއްވެސް އިތުބާރެއް ނެތް ކަމަށާއި އެ ދެ ވަޒީރުން މަގާމުން ދުރުކުރަން ޖެހޭ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. މީގެއިތުރުން ކޮވިޑާއި ގުޅިގެން ގޮތް ނޭގޭ ގޮތަށް އެތައް ބިލިޔަން ރުފިޔާއެއް ދައުލަތުން ގެއްލިގެން ދިއުމުގެ ޒިންމާ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ނަންގަވަން ޖެހޭނެ ކަމަށާއި އެކަމަށް ރައީސް ސާލިހު ފިޔަވަޅު އަޅުއްވަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: