ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން މިއުޅެނީ އަޅެ ރައްޔިތުންނަށް ޖެއްސުމެއް ނުކުރެވިގެންތަ!؟

ކޮވިޑް19 އަށް ޓެސްޓްކުރުމުގެތެރެއިން... ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް19 ވީ އެއް ބަޔަށް ބަރަށް ބޮޑު ރޯއްޖަކަށެވެ. އަނެއް ބަޔަކަށް މުސީބާތެއް އާފާތަކަށެވެ. އެއް ބަޔަކު އޯވަރނައިޓަކުން މަހުޖަނުންނަށްވެ، ލިބުނު ފައިސާތައް ގިނަ ކަމުން އަމިއްލަ ރަށުންވެސް އެތައް ގޯއްޗެއް ގަނެފިއެވެ. ވިޔަފާރިތައް ފުޅާކޮށްފިއެވެ.

ކޮވިޑް-19 ފެތުރުން ހުއްޓުވަން ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް ހަރަދުކުރި ގޮތް ބަލަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އަންގައިގެން އޮޑިޓާ ޖެނެރަލްގެ އޮފީހުން ކުރި އޮޑިޓުން އެނގުނީ ވެންޓިލޭޓަރު ގެންނަން ދުބާއީގެ ކުންފުންޏަކާ ހަވާލުކުރުމުގައި ހެލްތު މިނިސްޓްރީން މަކަރާއި ހީލަތް ހަދާފައިވާ ކަމަށާއި ވެންޓިލޭޓަރު ގަންނަން އެހެން ދެ ކުންފުންޏަކާ ހަވާލުކުރުމުގައި ވެސް ގޯސްތައް ހަދާފައިހުރި ކަމެވެ.

އެގްޒެކިއުޓާސްގެ އިތުރުން މެޑްޓެކާއި ނާޑު ކުންފުންޏާ ހަވާލުކޮށްގެން ރާއްޖެ އަށް 149 ވެންޓިލޭޓަރު ހޯދުމުގައި މަކަރާއި ހީލަތް ހަދާފައިވާ ކަން އޮޑިޓުން ފަޅާއެރުމުން ވަޒީރު އެކަހެރިވީއެވެ. ބިޑްކޮމިޓީ ސަސްޕެންޑްވީއެވެ، އެތަނުގެ ސްޓޭޓް މިނިސްޓަރ ސަސްޕެންޑްވީއެވެ. އިތުރަށް ވީ ކަމަކީ، ރައްޔިތުން ވަކި ވަގުތެއްގައި ފައިމަގުގައި ހިނގަން ޖެހުމެވެ.

މިއަދަކު ހެލްތް ހިންގުމަށް ރަސްމީ ވަޒީރެއް ނެތެވެ. ޕޮޒިޓިވްވާ އަދަދު ދުވަހެއް ދުވަހަކަށްދަނީ އިތުރުވަމުންނެވެ. ކޮވިޑް19 އަށް ރާއްޖެއިން ތައްޔާރުވިއިރު ފެނުނު ފެސިލިޓީތަކާއި ހޮސްޕިޓަލްތައް ފެންނާކަށް ނެތެވެ، މިއަދު ހުރީ އައިޖީއެމްއެޗް އެކަންޏެޗެ، އެތަނުގައިވެސް ވަސީލަތެއް ނެތެވެ.

ނޫސްވެރިން މިއަދާއިހަމައަށް ގޮވަމުން އައީ އެތައް މިލިއަން ރުފިޔާއެއް ހަރަދުކޮށް ހޯދި ވެންޓިލޭޓަރުތައް ކޮބާހެއްޔެވެ؟ ނޫސްވެރިން ކަރުން ހިތިރަހަލާވަރަށް އެވާހަކަ ދެއްކުމުން ބައެއް ފަރާތްތަކަށް އެކަންވީ ޖޯކަކަށްވެސްމެއެވެ. ކެޔޮކޭވަރެއް ބަލާލަށް އޮޑިޓަރ ޖެނެރަލް ބިތުފަންގިތައް ނެގިއިރު ކަމަކުދާކަށްނެތެވެ، ރައްޔިތުންގާތު އަތް ދޮވެގެން މަގު މައްޗަށް ނުނުކުމެ ތިބެންބުނެ، މިބައިމީހުން މިދޮވެލީ މާލިއްޔާއެވެ. ވެންޓިލޭޓަރެއްވެސް ނުލިބުނެވެ. އެކަކު އަނެކަކަށް މިގޮވަނީ ތިރިން ފެށިގެން އެންމެ މައްޗަށް ރަނގަޅަށް ބަލައިފިއްޔާ “ކެއީ މަ އެކަނި ނޫން” ކަން އެނގޭނެކަމަށެވެ.

އާނއެކެވެ، މިއަދަކު ޒިންމާވާނެ ވަޒީރެއްވެސް ނެތެވެ. މިކަން ހައްލު ކުރާނެ ޕްލޭނެއްވެސް ސަރުކާރުގައެއް ނެތެވެ، އަދަދުތައް ދުވަހެއް ދުވަހަކަށް ދަނީ މައްޗަށެވެ. އަދި އަމުދުން ވެންޓިލޭޓަރެއްވެސް ނެތެވެ.

ދެން ކުއްލިއަކަށް މިފެށީ އެހެން ލަވައެކެވެ. މިހާސްކަން ފިލުވާލުވުމަށް ގައިދުރުކޮށް ކޮފީއެއް ބޯލަން ކެފޭއަކަށް މިދަނީ ރޭގަނޑު 7:30 ގައެވެ. ގަޑިއެއްހާއިރު ފަހުން ކެފޭއިން ނުކުންނައިރު ގެއަށް ދާން މިޖެހެނީ ފައިމަގުގައެވެ. ރޭގަނޑު 8 އިން ފަތިހު 5 އާއި ދެމެދު އިންޖީނުލީ އުޅަނދު ނުދުއްވޭތީއެވެ. ސައިކަލު ކެފޭ ކައިރީގައި ޕާކުކޮށްފައި ގެއަށް ހިނގާފައެވެ. ހެނދުނު ހޭލައިގެން އޮފީހަށް 7 ޖަހާއިރު ދާއިރު އިންޖީނުލީ އެއްޗެހި ދުއްވަން ހުއްދަ ލިބިއްޖެއެވެ، ނަމަވެސް ސައިކަލެއް ނެތެވެ، ސައިކަލުވީ ކެފޭގައެވެ، މިޖެހުނީ އަނެއްކާ އެ ބަލާ ދާށެވެ.

ސޭޓު މި އިންނަނީ ރޭގަނޑު 9:30 ވަންދެން ފިހާރަ ހުޅުވައިގެންނެވެ. ވިޔަފާރި ކުރެވޭތޯއެވެ. އިޝާނަމާދުކޮށްގެން ފިހާރަ ހުޅުވިގޮތަށް މީހަކު ނާދެއެވެ. ފިހާރައަކަށް މީހަކު ނާދެއެވެ، ވެގެން އުޅެނީ ކީއްވެގެންތޯ ބަލާއިރު ފިހާރަށް އަންނާނެ ގޮތެއްނެތި ކަސްޓަމަރު ހުރީ ގޭގައި ތާށިވެފައެވެ. ރޭގަނޑު 8 ގެ ފަހުން ދުއްވާ އެއްޗެއް ނުދުއްވެއެވެ. ކެފޭ އޯނަރަށްވެސް ޖެހުނީ ހަމަ މިހާލެވެ.

ރަށުތެރޭގައި ކިޔަން ފަށައިފިއެވެ. މިކަމަކުން ހާސިލްވީ ކޮން ކަމެއްތޯއެވެ؟ ރިސްކު ބޮޑީ ސައިކަލެއްގައި ދެ މީހުން ނުކުތުމުންހެއްޔެވެ؟ ނުވަތަ ގްރޫޕް ހަދާފައި ގިނަ ބަޔަކު ހިނގާފައިނަމަވެސް އެއްވެ އުޅުމުންހެއްޔެވެ؟ އަނެއްކާ ކުރިން ކުރެވުނު ވައްކަށް ކުޑައީހެއްޔެވެ؟ ނޫނީ މިފަހަރު މޮޅުގޮތެއް ހަދާލަން އިތުރު ގޮތެއް ހަދާލަނީދޯއެވެ!

ވަރަށް ގަދަ
80%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 20%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: