ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑްގެ ތެރޭގައި ދައުލަތް ހިންގުމުގެ ބޮޑު ދައުރެއް މަޖިލީހުން އަދާކުރި، ވަކި ބަޔަކަށް ކްރެޑިޓް ނުދީ: އާާމިރު

ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު ޢާމިރު.
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑްގެ ތެރޭގައި ދައުލަތް ހިންގުމަށް ކުރި މަސައްކަތުގެ ބޮޑު ދައުރެއް އަދާކުރީ ރައްޔިތުންގެ މަޖިލީހުންކަމަށާއި، އެހެންކަމުން ވަކި ބަޔަކަށް ކްރެޑިޓް ނުދިނުމަށް ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު ޢާމިރު އެދިވަޑައިގެންފިއެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ހުށަހަޅުއްވާފައިވާ، ދިވެހި ދައުލަތުން ދަރަނި އަނބުރާ ދެއްކުމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ހުށަހެޅުންތަކުގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމަށް ގޮވާލައި އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ހުށަހަޅާ ޤަރާރުގެ ބަހުސްކުރުމުގެ ފުރުސަތުގައި ވާހަކަދައްކަވަމުން ޢާމިރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ކަންކަން ނުކުރުމުން އެވާހަކަ ނުދައްކާ ތިބޭކަމުގައިވަނީނަމަ މަޖިލީހުގެ ބޭނުމެއް ނެތްކަމަށެވެ.

ދިވެހިރާއްޖޭގެ މާލީ ނިޒާމު އޮތީ ކަންބޮޑުވާންޖެހޭ ހާލަތުގައިކަމަށް ފާހަގަކުރައްވާ، އެހެން ދަންނަވާ ސަބަބެއްކަމަށް އާމިރު ވިދާޅުވީ ލޯނު ދެކުމަށްޓަޖަކައި ލޯނު ނަގަންޖެހޭ ހާލަތަށް ގައުމުދިއުމެވެ. އަދި މިއީ ރައްޔިތުން ބޭނުންވާނެ ގޮތެއް ނޫންކަމަށް ވިދާޅުވިއެވެ. އެހާ ހިސާބަސް ގައުމުގެ ކަންކަން ދިއުމުން ގައުމު ފައިނޭންޝަލީ ސްޓެބަލްކަމުގައި ދެކިގެންނުވާނެކަމަށް އާމިރު ވިދާޅުވިއެވެ. ނަމަަވެސް ބައެއް މެންބަރުން ގައުމު އޮތީ ހުރިހާ ގޮތަކުންވެސް ސްޓެބަލްކޮށްކަމަށް ވިދާޅުވާތީ އެ ވާހަކަތަކަށް ރައްދުދެއްވާ އާމިރު ވިދާޅުވީ މެންބަރުން އެ ދަންނަވާފަދައިން ހާލަތު އޮތްނަމަ ދައުލަތުގެ ބަޖެޓު ހުށައަޅާއިރު ޑެފިސިޓް އަހަރު އަހަރަށް ބޮޑުވެގެންނުދާނެކަމަށެވެ.

ގައުމު ޑެފިސިޓު އޮތީ 1000 ބިލިޔަނަށްވުރެ މަތީގައިކަމަށާއި، މި އަދަދު ދަށްވާ މަންޒަރު ނުފެންނަކަމަށް ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުން އޮތުމުން އެކަމަށް ހައްލު ހޯދުމަށްޓަކައި އިހުލާސްތެރި ނިޔަތުގައި ދައްކަވާ ވާހަކަތައް، ބިނާކުރަނިވި ގޮތެއްގައި ދައްކަންޖެހޭކަމަށެވެ.

ދެން މިހުރިހާ ކަމަކުން ސަލާމަތްވުމަށްޓަކައި އަޅުގަނޑުމެންނަށް ވަރަށް ގިނައިން އެބަ ދެކެވޭ ކޮވިޑުގެ އާލަމީ މަލިމަޑުކަމުގެ ވާހަކަ. މި ވާހަކަތައް ދެން ތަންކޮޅެއް ގިނައިން ދެކެވޭތީ އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެން މި ދިވެހިރާއްޖެއަށް ދިމާވި ކޮވިޑުގެ ހާލަތުން ސަލާމަތްވުމަށްޓަކައި އަޅުގަނޑުމެންނަށް ދިމާވީ އެންމެ ބޮޑު ކަންތައްތައް ކޮށްދީފައިވަނީ ދިވެހިރާއްޖޭގެ ރައްޔިތުންނޭ.

ރާއްޖޭގެ މަލީ ހާލަތު ރަނގަޅު ނޫންކަމަށް ބުނެ ދެކެވޭ ވާހަކަތަކުން ސަލާމަތްވުމަށްޓަކައި ކޮވިޑް 19 ގެ ބަލިމަޑުކަމުގެ ވާހަކަ ވަރަށް ގިނައިން ދައްކަވާކަމަށް ފާހަގަކުރައްވާ، އެ ހާލަތުން ގައުމު އަރައިގަތުމަށްޓަކައި އެންމެ ބޮޑެތި ހިދުމަތްތައް ރާއްޖެއަށް ކޮށްދެއްވާފައިވަނީ ރާއްޖޭގެ ރައްޔިތުންކަމަށް އާމިރު ވިދާޅުވިއެވެ. އަދި އެ އާލަމީ ވަބާއިން އަވަހަށް އަރައިގަތުމަށްޓަކައި ކުރެވުނު މަސައްކަތުގެ ކްރެޑިޓް ރާއްޖޭގެ ރައްޔިތުންނަށް ނުދީ ބޭރުގެ ގައުމަކަށް ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އާމިރު ވިދާޅުވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ހިއްސާވެސް އެކަމުގައި އެބަ އޮތްކަމަށް ވިދާޅުވިއެވެ. އަދި ފާހަގަކުރެއްވީ އޭރުގައި ދައުލަތް ހިންގުމަށްޓަކައި މަސައްކަތްތަކެއްކޮށްފައިވާއިރު، އޭގެ އެންމެ ބޮޑު މަސައްކަތްތަކެއް ކުރައްވާފައިވަނީވެސް ރައްޔިތުންގެ މަޖިލީހުންކަމަށެވެ.

ރާއްޖެ ފައިނޭންޝަލީ ސްޓޭބަލްކަމަށް ވިދާޅުވަނީނަމަ ރާއްޖެއަށް ދިމާވާ ކުދިކުދި ކާރިސާތަކުން ސަލާމަތްވާނެ ފައިސާ ބަޖެޓުގައި ހިމަނާފައި އޮންނަންޖެހޭނެކަމަށް އާމިރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: