ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑްގެ ކުއްލި ހާލަތު ޑަބްލިޔުއެޗްއޯ އިން އުވާލައިފި

ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޮސް އަދޮނަމް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް 19 ގެ ބަލިމަޑުކަމަކީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ސިއްހީ ކުއްލި ނުރައްކަލެއް ކަމަށް ކަނޑައަޅާފައި އޮތް އޮތުން ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) އިން ނިމުމަކަށް ގެނެސް ކުއްލި ހާލަތު އުވާލައިފިއެވެ.

ޑަބްލިޔުއެޗްއޯ އިން ސިއްހީ ކުއްލި ހާލަތު އުވާލާފައްިވަނީ އެ ޖަމުއިއްޔާގެ އެމަރޖެންސީ ކޮމިޓީގެ ފަރާތުން ބޭއްވި ބައްދަލުވުމެއްގައި މަޝްވަރާ ކުރުމަށް ފަހުގައެވެ.

ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދޮނަމް ގެބްރިއޭސޮސް ވިދާޅުވި ގޮތުގައި ދުނިޔެއަށް ކުރިމަތިވި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލަނީ ވަރަށް ބޮޑު އުއްމީދަކާ އެކުގައި ކަމަށެވެ.

ނަމަވެސް ކޮވިޑްގެ ސަބަބުން ދުނިޔެއަށް އޮތް ނުރައްކަލަށް ބަދަލެއް އައިސްފައިނުވާ ކަމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް ދޫކޮށްލައިގެން ނުވާނެ ކަމަށް ޓެޑްރޯސް ވިދާޅުވިއެވެ.

ކޮވިޑްގައި މުޅި ދުނިޔެއިން 6.9 މިލިއަން މީހުން މަރުވެގެން ގޮސްފައިވާއިރު އެ ބަލީގެ ސަބަބުން މުޅި ދުނިޔެ ފުރަ ބަންދު ކުރުމުގެ ސަބަބުން އިގްތިސާދަށް ހީނަރުކަން ލިބި މުޖުތަމައުތަކަށް އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ.

ކޮވިޑްގެ ބަލިމަޑުކަމަކީ މުޅި ދުނިޔެއަށް ކުރިމަތިވި ސިއްހީ ކުއްލި ހާލަތެއްކަމަށް ޑަބްލިޔުއެޗްއޯ އިން ކަނޑައެޅީ މީގެ ތިން އަހަރު ކުރިން 2020 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 30 ވަނަ ދުވަހުއެވެ. އެ ދުވަހުގެ އެ ނިންމުމަކީ ކޮވިޑް ފެތުރުން ކޮންޓްރޯލްކޮށް ބަލިމަޑުކަމުން އަރައިގަތުމަށް ހުރިހާ ގައުމުތައް ގުޅިގެން މަސައްކަތް ކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެކެވެ.

ކޮވިޑް ބަލި ޖެހިގެން މަރުވާ މީހުންގެ އަދަދުތައް ދަށަށް ގޮސްފައިވި ނަމަވެސް މި ބަލި ޖެހޭ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.

ޑަބްލިޔުއެޗްއޯގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2021 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ކޮންމެ ހަފްތާއަކު ކޮވިޑް ޖެހިގެން އެއް ލައްކަ އަށް ވުރެ ގިނަމީހުން މަރުވެއެވެ. ނަމަވެސް މިއަދު އެ އަދަދު ވަނީ 3،500 އަށް ދަށްކުރެވިފައެވެ.

ކޮވިޑް19 އެންމެ ފުރަތަމަ ފެނިފައިވަނީ ޗައިނާގެ ވުހާންގައި ހުންނަ ދިރޭތަކެތި ވިއްކާ މާރުކޭޓަކުންނެވެ. އަދި ކުޑަ ދުވަސްކޮޅެއް ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކާށް ބަލި ފެތުރި މުޅި ދުނިޔެއިން ކޮވިޑްގެ ކޭސްތައް ފެނިގެން ދިޔައެވެ.

ކޮވިޑްގެ ސަބަބުން މުޅި ދުނިޔެ އަށް ކުރިމަތިވި އިގްތިސާދީ ތަދުމަޑުކަމުން އަރައިގަތުމަށް ކެނޑިނޭޅި ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ދިވެހިރާއްޖޭގެ އިގްތިސާދު ވެސް ކޮވިޑްގެ ހާލަތަށް ފަހު ރަނގަޅުވަމުން އަންނަ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: