ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗައިނާގެ އިގްތިސާދު ވަރަށް ބޮޑަށް ދަށަށް ގޮސްފި

ޗައިނާގެ އިގްތިސާދީ ހާލަތު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ވިޔަފާރިތަކަށް ގެއްލުންވެ ދެވަނަ ކުއާޓަރުގައި ޗައިނާގެ އިގްތިސާދީ ދުވެލި ވަރަށް ބޮޑަށް ދަށަށް ގޮސްފިއެވެ.

ޖޫން މަހުގެ ނިޔަލަށް ޗައިނާގެ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް (ޖީޑީޕީ) ވަނީ 2.6 އިންސައްތަ އަށް ދަށަށް ގޮސްފައެވެ.

ދުނިޔޭގެ ދެވަނަ އަށް އިގްތިސާދު އެންމެ ބޮޑަށް ކުރިއަރާފައިވާ ޗައިނާގެ އިގްތިސާދީ ދުވެލި  ފާއިތުވެދިޔަ ތިން މަހެއްހާ ދުވަސްތެރޭގައި ކުރިއަރާފައިވަނީ 0.4 އިންސައްތައަށެވެ. މީގެ ކުރިން ލަފާކޮށްފައިވާ ގޮތުގައި އިގްތިސާދީ ދުވެލި 1 އިންސައްތަ އަށް ހަލުއިވާނެ ކަމަށެވެ.

ކޮވިޑްގެ ބަލިމަޑުކަން ފެތުރެން ފެށިފަހުން މިއަދާ ހަމައަށް މިއަހަރުގެ ދެވަނަ ކުއާޓަރުގައި މިފަހަރަކީ އަވައްޓެރި ޗައިނާގެ އިގްތިސާދު އެންމެ ބޮޑަށް މަޑުޖެހުނު ފަހަރު ކަމުގައި އިގްތިސާދީ މާހިރުން ވިދާޅުވެއެވެ.

ދެވަނަ ކުއާޓަރގައި އިގްތިސާދީ ދުވެލި ދަށްވި ނަމަވެސް ޗައިނާގެ ގިނަ ސަރަހައްދު ތަކުގައި ފުރަބަންދު އުވާލުމުން ވިޔަފާރިތައް ހުޅުވައި ޖޫން މަހުގެ ތެރޭގައި ހާލަތު ރަނގަޅުވެފައިވާ ކަމަށްވެސް އިގްތިސާދު ދިރާސާ ކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ.

ޗައިނާގެ ޖީޑީޕީ ވަރަށް ބޮޑަށް ދަށްވެ ވަޒީފާ ނެތް މީހުންގެ ނިސްބަތް ވަނީ 3.5 އިންސައްތަ އަށް ދަށަަށް ގޮސްފައެވެ. ނަމަވެސް ރީޓެއިލް ވިޔަފާރި ތައް ރަނގަޅުވަމުން އަންނަ ކަމުގައި ކަމާއި ގުޅުން ހުރި މާހިރުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް ރައްކާތެރިކަމުގެ އުސޫލުތައް އެގައުމުގައި ގާއިމްކޮށް އެކަމުގައި ޗައިނާ ސަރުކާރުން ހަދާފައިވާ ޒީރޯ ކޮވިޑްގެ އުސޫލުގެ ސަބަބުން ޗައިނާގެ އިގްތިސާދު ހަލުވި ދުވެލީގައި ކުރިއަރައިގެން ދާނެ ކަމުގައި އިގްތިސާދީ މާހިރުން ލަފާކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 25%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 25%ހައިރާންވެއްޖެ 50%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: