ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗައިނާގެ ގިނަ ހޮސްޕިޓަލްތަކެއްގައި ކުދިން ވިއްސާ ޔުނިޓުތައް ބަންދުކޮށްފި!

ޗައިނާގެ ހޮސްޕިޓަލެއް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޗައިނާގެ ގިނަ އަދަަދެއްގެ ހޮސްޕިޓަލުތަކުގައި ކުދިން ވިއްސުމުގެ މަސައްކަތްތައް ކުރަމުންދިޔަ އުނިޓުތައް ބަންދުކުރުމާއި ގުޅިގެން އެ ގައުމުގެ އާބާދީ އިތުރުވަމުންދާ ނިސްބަތް ދަށަށްދާ މައްސަލަ އަނެއްކާވެސް ފެންމަތިވެއްޖެއެވެ.

ބައިނަލްއަގުވާމީ މީޑިއާ ތަކުން ރިޕޯޓުކުރާގޮތުން، ޗައިނާގެ އެކި ސަރަހައްދުތަކުގައި ކުދިން ވިއްސުމުގެ މަސައްކަތްތައް ކުރާ ޑިމޕާޓުމެންޓުތައް ބަންދުކުރުން ނުވަތަ ކުޑަކުރުން ފަދަ ކަންކަން ކުރަމުންދާކަން ފާހަގަކުރެވެއެވެ. މީޑިއާތަކުން ބުނާގޮތުން،  އެ ގައުމުގައި ކުދިން ވިހާ ނިސްބަތް ވަނީ 2021 ވަނަ އަހަރާއި އަޅާކިޔާއިރު، 2022 ވަނަ އަހަރުގައި ދިހަ އިންސައްތަ ދަށަށް ގޮސްފައެވެ. މި މައްސަލައިގެ ސަބަބުން އެ ގައުމުގެ އާބާދީ މަދުވަމުންދިއުމާއި އުމުރުން ދުވަސްވީ މީހުން ގިނަވެގެންދިއުމުގެ މައްސަލައްވެސް އިތުރަށް ބޮޑުވެ ގީޑީޕީއަށްވެސް ނޭދެވޭ އަސަރުތައް ކުރުމުގެ ބިރު އެބަ އޮތެވެ. މިހާރު އިންޑިއާއިންވަނީ ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމުގެ ލިސްޓުގައި ޗައިނާއަށްވުރެ ކުރިއަށް ޖެހިފައެވެ.

މީޑިއާތަކުން ބުނާގޮތުން، ޗައިނާގެ ކަމާއި ބެހޭ ފަރާތްތަކަށް އުމުރުން ދުވަސްވެފައިވާ އާބާދީއެއްގެ ސަބަބުން އުފެދޭ މައްސަލަތައް ސާފެވެ. އަދި އެކަމަށް ހައްލު ހޯދުމުގެ ގޮތުން އާބާދީ ބޮޑުކުރުމަށްވެސް ބައެއް ފިޔަވަޅުތައް އަޅާފައިވެއެވެ. އެގޮތުން ކުރިން ޗައިނާއިން ގެންގުޅެމުންދިޔަ ވަން ޗައިލްޑް ސިޔާސަތު މިހާރު އުވާލާފައިވާއިރު، އާއިލާއަކަށް ތިން ކުދިން ވިހެއުމުގެ ހުއްދަ އެ ގައުމުގެ ސަރުކާރުން ދީފައިވެއެވެ. އެ ގައުމުގެ ބައެއް ސަރަހައްދުތަކުގައި އެއްވެސް ލިމިޓެއް ނެތި ދަރިން ހޯދުމުގެ ޖާގަ ފަހިވެފައިވާކަންވެސް ފާހަގަކުރެވޭއިރު، ދެވަނަ އަދި ތިންވަނަ ދަރިއާއިއެކު ބައެއް ސަރަހައްދުތަކުގައި މާލީ އެހީތައް ސަރުކާރުން ފޯރުވާކަމަށްވެސް މީޑިއާތަކުން ބުނެއެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 75%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: