ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗައިނާއިން ކޮވިޑްގެ ހާލަތުގެ މައުލޫމާތުތައް ހާމަކުރަންޖެހޭ: ޑަބްލިއުއެޗްއޯ

ޗައިނާގެ ރޭލެއްގެ ތެރޭގައި ރައްޔިތުން މާސްކު އަޅައިގެން: ފޮޓޯ/ ގެޓީ އިމޭޖަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑްގެ ހާލަތު ގޯސްވެ އެތައް އަހަރެއް ފުރަބަންދު ކުރެވިފައިވާ ދުނިޔޭގެ އެންމެ ވަރުގަދަ އެއް އިގްތިސާދުކަމަށްވާ ޗައިނާގެ ކޮވިޑްގެ ހާލާތާއި ގުޅޭ މައުލޫމާތު ހިއްސާ ކުރާ ގޮތާއިމެދު ވޯލްޑު ހެލްތު އޮގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ޗައިނާއިން އެ ގައުމަށް ދާ ފަތުރުވެރިންގެ ކޮވިޑް ޓެސްޓުކުރެވެމުންދާއިރު، ޑަބްލިއުއެޗްއޯއިންވަނީ ޗައިނާއިން ހިއްސާ ކުރާ މައުލޫމާތު އެކަށީގެން ނުވާކަމުގެ އިޝާރާތްތަކެއްކޮށްފައެވެ. އެގޮތުން ކޮވިޑްގެ ހާލަތު އަނެއްކާވެސް ގޯސްވަމުންއަންނަ ކަމަށްވުމުން، ޗައިނާއިން މައުލޫމާތު ހިއްސާ ކުރުމުގައި ހަރުދަނާ އުސޫލެއް ގެންގުޅެންޖެހޭކަމަށް ބުނެފައިވެއެވެ.

ޑަބްލިއުއެޗްއޯއިން ކަންބޮޑުވުން ފާޅުކޮށްފައިވަނީ ޗައިނާގެ ލޮކްޑައުން އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނަމުންދިއުމާއި ގުޅިގެންނާއި ބައެއް ގައުމުތަކުގެ ކޮވިޑްގެ ހާލަތު ގޯސްވަމުންދިއުމާއި ގުޅިގެންނެވެ. އެ މުއައްސަސާއިން ބުނެފައިވާގޮތުން، ޗައިނާގެ ފަރާތުން ބޭނުންވަނީ ހޮސްޕިޓލަށް ގެންދާ މީހުނާއި ގުޅޭ މައުލޫމާތު އަދި އައިސީޔޫއަށް ލާ މީހުންގެ މައުލޫމާތު، އެނދުމަތި ކުރެވޭ ފަރާތްތަކާއި ގުޅޭ މައުލޫމާތާއި މަރުތަކާއި ގުޅޭ މައުލޫމާތުތާއި ވެކްސިން ޖެހުމާއި ގުޅޭ މައުލޫމާތުތަކެވެ.

އެމެރިކާ، ސްޕެއިން، ފްރާންސް، ސައުތު ކޮރިއާ، އިންޑިއާ، އިޓަލީ، ޖަޕާން އަދި ޓައިވާނުންވަނީ ޗައިނާއިން އެ ގައުމުތަކަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ކޮވިޑް ޓެސްޓު ހެދުން މަޖުބޫރުކަމެއްގޮތުގައި ކަނޑައަޅާފައެވެ. އެކަން ކުރެވިފައިވަނީ ކޮވިޑްގެ ދަތި ހާލަތަށް އަނބުރާ ރުޖޫއަވުމުގެ ބިރު އޮތުމުގެ ސަބަބުންނެވެ. ޗައިނާއިން އިނގިރޭސިވިލާތަށް ފުރާ މީހުންން އަތުގައި އުޅަނދަށް އެރުމުގެ ކުރިން ކޮވިޑް ނެގަޓިވް ޓެސްޓެއް ހެދިފައި އޮތުން ވަނީ ލާޒިމު ކުރެވިފައެވެ.

އަހަރުތަކެއް ލޮކްޑައުންގައި އޮތުމަށްފަހު، ޗައިނާއިން އުސޫލަށް ބަދަލުތަކެއް ގެނައުމަށް ނިންމާފައިވަނީ އެ ގައުމުގައި ވޭތުވެދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ކުރެވިފައިވާ މުޒާހަރާތަކުގެ ސަބަބުންނެވެ. މުޒާހަރާތަކުގެ ކުރިން ޗައިނާއިންވަނީ ކޮވިޑް މެނޭޖު ކުރުމުގެ ގޮތުން ހަރުކަށި ފިޔަވަޅުތަކެއް ދަމަހައްޓާފައެވެ.

ކޮވިޑްގެ ސަބަބުން ޗައިނާގައި ވޭތުވެދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި މަރުވެފައިވާކަމަށް ބުނަނީ 13 މީހެކެވެ. އެހެންނަމަވެސް އިނގިރޭސިވިލާތުގެ ސިއްހީ ކަންކަން ދިރާސާ ކުރާ މުއައްސަސާއަކުން ބުނާގޮތުން އެ އަދަދަށްވުރެ ބޮޑަށް އެކަށީގެންވަނީ ދުވާލަކު 9000 މީހުންނާއި ގާތް ކުރާ އަދަދެއްގެ މީހުން މަރުވަމުންދިއުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: