ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިފެންނަނީ ރައްޔިތުންނަށް ޚިދުމަތް ނުދެވޭ ތަނުގައި ޖީބުން ވައްކަންކުރާތަން: ޑރ ޖަމީލް

ކުރީގެ ނައިބް ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު: ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރީއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ ތެރެއިން މިހާރު ފެންނަމުންދާ މަންޒަރަކީ ރައްޔިތުންނަށް ހިދުމަތް ނުކޮށް ވައްކަން ކުރަމުންދާ މަންޒަރު ކަމަށް ކުރީގެ ނައިބް ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޑޜ ޖަމީލް މިފަދައިން ވިދާޅުވީ ކޮވިޑާއި ގުޅިގެން ރާއްޖެއަށް ގެންނަން ނނިންމާފައިވާ ވެންޓިލޭޓަރުތައް ގެނައުމަށް ބަޔަކާއި ހަވާލު ކުރުމުގައި ގޮތް ނޭނގޭ ކަންތައްތަކެއް ހިނގާފައިވާކަން ހެތްލް މިނިސްޓްރީގެ އޮޑިޓުން ހާމަވުމާއި ގުޅިގެން އެކަމަށް ފިޔަވަޅު އަޅާނެ ކަމަށް ސަރުކާރުން ބުނެފައި ވާތީ އެ ވާހަކަތަކަށް ރައްދު ދެއްވައި ކުރެއްވި ޓުވިޓެއްގައެވެ.

ޑރ ޖަމީލް ކުރެއްވި ޓުވިޓުގައި ވިދާޅުވީމި ފެންނަނީ ރައްޔިތުންނަށް ޚިދުމަތް ނުދެވޭ ތަނުގައި ޖީބުން ވައްކަންކުރާތަން ކަމަށެވެ. އަދި  ލީޑަރެއް ނެތްކަމަށް ޤަބޫލްކޮށް ކޮންމެ މީހަކު އަމިއްލައަށް އަށް ގޮތް ނިންމަމުންދާ ކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ.

މީގެއިތުރުން ވެރިކަމަށް އައުމަށް ދެއްކި ހުރިހައި ވާހަތަކެއް ކޮބައިތޯ ވިދާޅުވެ ކޮރަޕްޝަންގެ އަމަލުތައް ހިންގި މީހުން މައްސަލަތައް ބަލަނީ ވެސް އެ މީހުން އަމިއްލައަށްތޯ ޑރ ޖަމީލް ސުވާލު އުފެއްދެވިއެވެ.

މީގެއިތުރުން ޑރ ޖަމީލް ވަނީ ކޮވިޑައަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާ ދިނުމުގައި ވެސް ސަރުކާރުން ތަފާތު ކުރުންތައް ގެންގުޅޭ ކަމަށް ތުހުމަތު ކުރައްވާ ފާޑުވިދާޅުވެފައެވެ. އެގޮތުން ޑރ ޖަމީލް ވިދާޅުވީ މި ސަރުކާރުގައި ތަފާތުކުރުންވެސް އެއީ މޮޅު ކަމަކަށް ވެފައިވާ ކަމަށެވެ. ބަލިވާ ޢާންމު މީހާއަށް ޚިދުމަތް ނުލިބޭއިރު ބޮޑުންނަށް ވަކި ގޮތެއް ހަދަން ފޮތުގައި އޮންނަކަމަށް މި ސަރުކާރުން ގަބޫލު ކުރެވޭ ކަމަށް ޑރ ޖަމީޅް ވިދާޅުވިއެވެ. އަދި އޮޑި އޮޔާދާން ދޫކޮށްލާފައި ރައީސް އުޅުއްވަނީ ހަމައެކަނި ބަދަލުހިފުމުގައި ކަމަށާއި ގޮތް ނުނިންމޭ ވެރިއަކީ ޤައުމަކަށް ލިބޭނެ އެންމެ ބޮޑު ގެއްލުން ކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ.

ޑރ ޖަމީލްގެ ފާޑުކިޔުންތައް ރައީސް ސާލިހުގެ ސަރުކާރަށް އަމާޒްވަމުންދާއިރު ޑރ ޖަމީލްއަކީ މި ސަރުކާރު ވެރިކަމަށް ގެނައުމަށް ވަަރަށް ބުރަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އަދި މި ވަގުތު ޑރ ޖަމީލް ރައީސް ޔާމީޏްގެ ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާއިރު ޑރ ޖަމީލް އަކީ ރައީސް ޔާމީންއާއި ޕީޕީއެމްގެ ވެސް އެޑުވައިޒަރުކަން ފާހަގަކޮށްލަން ޖެހެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: