ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން އުޅެނީ ރައްޔިތުން ގޭގައި ބަންދުކޮށް ރާއްޖެ ވިއްކާލަން: ޝުޖާއު

އިދިކޮޅި ކޯލިޝަނުގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝުޖާއު ވާހަކަ ދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑާއި ގުޅިގެން ކަމަށް ބުނެ، ރައްޔިތުން ގޭގައި ބަންދުކޮށް، މިސަރުކާރުން އުޅެނީ ދިވެހިރާއްޖޭ ބޭރުގެ ބަޔަކަށް ވިއްކާލަން ކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ބާރަށު ދާއިރާގެ މެންބަރުކަންވެސް ކުރެއްވި ޝުޖާއު ވިދާޅުވީ ކަންކަން ނުވާނަމަ މިވަރުން ސަރުކާރު ހިންގުމުގެ ބޭނުމެއް ނެތް ކަމަށާއި ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު އިސްތިއުފާ ދެއްވުންވެސް މާ ރަނގަޅުވާނެ ކަމަށެވެ.

ޝުޖާއު ވިދާޅުވީ އާމްދަނީ ހޯދާނެ ގޮތް ނޭންގި، ދައުލަތުގެ ޚަރަދުތައް ފޫބައްދަން ރައްޔިތުން ޖޫރިމަނާ ނުކޮށް ނުވަންޏާ ސަރުކާރު އިސްތިއުފާ ދޭންޖެހޭ ކަމަށެވެ.

މިރޭން ފެށިގެން 8 ގެ ފަހުން އެއްގަމު އުޅަނދު ފަހަރު ދުވާމީހުން ޖޫރިމަނާ ކުރަން ނިންމި ނިންމުމަށް އިޝާރާތް ކުރައްވާ ޝުޖާއު ވިދާޅުވީ ކޮވިޑް-19 ގެ ނަމުގައި ރައްޔިތުން ޖޫރިމަނާ ކުރުމަކީ ބޮޑުވަރު ކަމަށެވެ.

ޝުޖާއު ވިދާޅުވީ ޤައުމު އޮތް ހާލަތުން ޚަރަދު ފޫބައްދަން ރައްޔިތުން ފެލާލުން ނޫން ގޮތެއް “މި ވަގު ސަރުކާރަށް” ނުފެނުމުން އަންތަރީސް ވެއްޖެ ކަމަށެވެ.

ޤައުމެއް ހިންގަން ނޭނގޭ ނަމަ އެނގޭ ބަޔަކާއި ހަވާލު ކޮށްފަ ދެން ފެއަށްޖެހެން ވެއްޖެ ކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި ސަރުކާރާއި މަޖްލިސް ފެއިލްވެއްޖެ ކަމަށާއި މިސަރުކާރުން ދެން އެހެން ކަމަކާ އުޅެން ވެއްޖެ ކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ ރައްޔިތުން ތިބީ ކާނެ އެއްޗެއް ލިބޭނެ ގޮތެއް ނުފެނި، ވިޔަފާރިތައް ހަލާކުވެފައި ކަމަށާއި އެކަމަކު ސަރުކާރުން އަދިވެސް ބަލަނީ ރައްޔިތުން ޖޫރިމަނާކޮށް ދައުލަތް ހިންގަން ކަމަށެވެ. އަދި ދުއްވާ އެއްޗެހި ރޭގަނޑު 8 ގެ ފަހުން އެއްޗެހި ދުއްވުން މަނާކުރަން އުޅެނީ ކޮވިޑާއި ގުޅިގެން ނޫން ކަމަށްވެސް ވިދާޅުވިއެވެ.

މިހާލަތަކީ ސަރުކާރުން އަމިއްލައަށް ގެނައި ހާލަތެއް ކަމަށާއި އެންމެ ނުރައްކާތެރި ޙާލަތަށް ތައްޔާރުވެފައިވާ ކަމަށް ސަރުކާރުން ބުނެފައިވިޔަސް އެކަން ނުފެންނަ ކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި މިސަރުކާރުން ކުރިހާވެސް ކަމަކީ ރައްޔިތުން ކަނުބަދެފައި ނޭވާ ހޮޅިން ވައްކަންކުރުން ކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.

ރޭގަނޑު 8:00 އިނޖް ފެށިގެން ފަތިހު 5:00 މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގައި ވެހިކަލް ދުއްވުން މަނާ ކުރުމާއެކު އެތައް ބައެއްގެ ފާޑު ކިޔުމާއި ރުޅިވެރިކަން ސަރުކާރަށް ވަނީ އަމާޒްވެފައެވެ.

ސަރުކާރަށް ފާޑުކީ ގިނަ މީހުން ޤަބޫލުކުރާ ގޮތުގައި މިއީ ކޮވިޑް ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅެއް ނޫނެވެ. މިއީ ދައުލަތަށް ފައިސާ ހޯދަން އެޅި އިތުރު ފިޔަވަޅެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: