ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭޝިއަން ޑިވެލޮޕްމެންޓު ބެންކުން ރާއްޖެއަށް 10 މިލިއަން ޑޮލަރު ދީފި

އޭޝިއަން ޑިވެލޮޕްމެންޓު ބޭންކު: ފޮޓޯ/ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް އެތައް މިލިއަން ޑޮލަރެއްގެ އެހީ ދީފައިވާ އޭޝިއަން ޑިވެލޮޕްމެންޓު ބެންކުން ކޮވިޑް19ގެ ވެކްސިން ދިނުމުގެ ހިދުމަތަށް އިތުރަށް ފުރިހަމަކަމެއް ގެނައުމަށްޓަކައި 10 މިލިއަން ޑޮލަރު ދީފިއެވެ.

އޭޝިއަން ޑިވެލޮޕްމެންޓު ބެންކު (އޭޑީބީ) އިން ރާއްޖެއަށް 10 މިލިއަން ޑޮލަރު ދީފައިވަނީ ކޮވިޑް19ގެ ވެކްސިންތައް ރައްކައުތެރިކަމާއިއެކު ބެހެއްޓޭނެ ވަސީލަތާއި، އެތަކެތި ރައްޔިތުންނާއި ހިސާބަށް ފޯރުވައިދިނުމަށް ރާއްޖޭގައި ކުރަމުންދާ މަސައްކަތްތައް އިތުރަށް ފުޅާ ކުރުމުގެ މަގުސަދުގައެވެ.

އޭޑީބީގެ ސިއްހީ ދާއިރާގެ ކަންކަން ބަލަހައްޓާ މާހިރުން ބުނާގޮތުން، ދިވެހިރާއްޖެވަނީ ކޮވިޑް19އިން އަރައިގަތުމަށް ވެކްސިންތައް ފޯރުކޮށްދިނުމުގައި އެހެން ގައުމުތަކާއި ބަލައި ބޮޑު ކުރިއެރުމެއް ހޯދާފައެވެ. އެހެންކަމުން އޭޑީބީގެ ގްރޭންޓު މެދުވެރިކޮށް ވެކްސިންތައް ރައްކައުތެރިކޮށް ފިނިކޮށް ބަހައްޓާނެ ނިޒާމަކާއި އެތަކެތި ރައްޔިތުންނާއި ހިސާބަތް ފޯރުވާކަން މޮނީޓަރ ކުރުން އަދި މެނޭޖުކުރުމުގެ ގާބިލިއްޔަތަށް ފުރިހަމަކަމެއް ގެނައުމަށް އަމާޒުކޮށްފައިވާކަމަށްވެސް އޭޑީބީއިން ބުނެފައިވެއެވެ.

ދިވެހި ސަރުކާރުން ހިންގާ ވެކްސިނޭޝަން މަސައްކަތުގެ ތެރެއިން ދިވެހި ރައްޔިތުންގެ 70 އިންސައްތަ މީހުންނަށް ފުރަތަމަ ދެ ޑޯޒް ދެވިފައިވާއިރު 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ބާކީ 30 އިންސައްތަ މީހުންނަށްވަނީ މަދުވެގެން އެއް ޑޯޒް ދެވިފައެވެ.

ބޫސްޓާރ ޑޯޒްތައް ދިނުމުގެ މަސައްކަތްތައް މިހާރު ކުރިއަށް ގެންދާއިރު އެ މަސައްކަތްތައްތައް މިހާރު ފުޅާކުރެވި 12 އަހަރާއި 49 އަހަރާއި ދެމެދު އެންމެހާ ރައްޔިތުންނަށް ޑޯޒްތައް ދިނުމަށް ނިންމާފައިވެއެވެ. އަދި ސެޕްޓެމްބަރު މަހުން ފެށިގެން 5 އަހަރާއި 11 އަހަރާއި ދެމެދު ރައްޔިތުންނަށް ފުރަތަމަ ދެ ޑޯޒް ދިނުމަށްވެސް ނިންމާފައިވެއެވެ.

އޭޑީބީއިން ބުނެފައިވާގޮތުން އެ ބެންކުން ދީފައިވާ 10 މިލިއަން ޑޮލަރުގެ ގްރާންޓުން ހުޅުމާލޭގައި ފިނިކޮށް ވެކްސިން ރައްކައުކުރުމަށް ފެސިލިޓީއެއް ގާއިމު ކުރުމުގެ މަޝްރޫޢުއެއް ކުރިއަށްގެންދާނެއެވެ. އަދި މި ފެސިލިޓީއަކީ މާލޭގައި ހުރި ފެސިލިޓީގެ ބަދަލުގައި އިމާރާތްކުރާނެ ތަނެއްކަމަށާއި އެތަން ބިނާ ކުރެވިގެންދާނީ މޫސުމީ ބަދަލުތަކުގެ އަސަރުތަކުގެ ސަބަބުން ދިމާވާނެ ގެއްލުންތައް ކުޑަ އަދި އިއާދަ ކުރެވޭނެ ހަކަތައިން ކަރަންޓު ދެވިފައިވާ ތަނެއް ގޮތުގައިކަމަށް އޭޑީބީއިން ބުނެފައިވެއެވެ.

އޭޑީބީއިން ބުނެފައިވާގޮތުން ހުޅުމާލޭގައި ބިނާކުރާ ފެސިލިޓީގައި ވެކްސިން ރައްކައުކުރާ ނިޒާމުގެ އިތުރުން ބޭސް ފަރުވާއަށް ބޭނުންވާ އިތުރު ސާމާނު އަދި ލެބޯޓްރީ ސާމާނުގެ ޖާގައާއި ވެކްސިނާއި ގުޅޭ މައުލޫމާތު ރައްކާކުރާނެ ސާވަރެއްވެސް ހުންނާނެކަމަށް ބުނެފައިވެއެވެ.

އޭޑީބީގެ ގްރޭންޓުން ފަށާ މަޝްރޫއުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭނުންކުރަން ސްޕީޑު ބޯޓުތަކެއް ހޯދާނެއެވެ. އެގޮތުން ޖުމުލަ 7 ސްޕީޑު ބޯޓު ހޯދާނެކަމަށް ބުނެފައިވާއިރު މާލޭއަށް 2 ފިނި ކުރި ޓްރަކާއި 2 ވޭނުވެސް ހޯދާނެކަމަށް އޭޑީބީއިން ބުނެފައިވެއެވެ.

ކޮވިޑް19ގެ އެންމެ ދަތި ދުވަސްވަރު އޭޑީބީއިންވަނީ ދިވެހިރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެހީ ދީފައިކަމަށް ބުނެފައިވެއެވެ. އަދި ޑިޒާސްޓާރ ރިލީފް ގޮތުގައި ޖުމުލަކޮށް 1.5 މިލިއަން ޑޮލަރު ދިނުމުގެ އިރުތުން ޓެކްނިކަލް އެސިސްޓެންސްއަށް ޖަޕާނު ފަންޑުގެ ދަށުން 2 މިލިއަން ޑޮލަރު ދީފައިވާކަމަށްވެސް އޭޑީބީއިންވަނީ ބުނެފައެވެ.

1966 ގައި ވުޖޫދަށް ގެނެސްފައިވާ އޭޑީބީއަކީ އޭޝިއާ ޕެސިފިކްގެ 49 ސަރަހައްދަކުން 68 މެމްބަރުން ހިމަނައިގެން ހިންގަމުންދާ ބެންކެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: