ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފައިމަގުގައި ޑެލިވަރީ ކުރުން މަނަލެއް ނުވާނެ: ފުލުހުން

ީޑެލިވަރ
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭ ސިޓީގެ މަގުމަތީގައި ރޭގަނޑު 8:00 އިން ފެށިގެން ފަތިހު 5:00އާ ދެމެދު ވެހިކަލް ދުއްވުން މަނާކޮށްފައިވީ ނަމަވެސް، ކާބޯތަކެތި ޑެލިވާކުރުން އެއްކޮށް މަނާ ނުކުރާކަމަށް ފުލުހުން ބުނެފިއެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަން ހާމަކޮށް ސުޕްރިޓެންޑެންޓު އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައި ވީނަމަވެސް ރެފޭ ރެސްޓޯރެންޓް ފަދަ ތަންތަނުން ޑެލިވެރީ ކުރުން މަނާ ނުކުރާ ކަމަށެވެ. އަދި އެކަމުގައި ވިޔަފާރިކުރާ ފަރާތްތަކަށް އެއްވެސް ހުރަހެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ޑެލިވަރީކުރުން މަނާކުރަނީއެއް ނޫން ކަމަށާއި، ނަމަވެސް ވެހިކަލްތައް ދުއްވުން މަނާ ވަގުތަކަށްވުމުން ވެހިކަލްތަކުގައި އެ މަސައްކަތެއް ނުކުރެވޭނެ ކަމަށެވެ.

“އެހެން ނަމަވެސް 9:30 އާއި ހަމައަށް ޑެލިވަރީކުރަން ބޭނުންވާ ފަރާތްތަކުން ބޭނުންވެއްޖެކަމަށް ވަންޏާމުން ފައިމަގުގައި އެކަން ކުރެވިދާނެ. އެހެން ނަމަވެސް ދުއްވާ އެއްޗެއްގައި އެކަން ކުރާކަށް އަޅުގަނޑުމެންނަކަށް ހުއްދައެއް ނުދެވޭނެ ވެހިކަލް ދުއްވުން މަނާ ގަޑިއަކަށް ވާތީވެ”، ޝަރީފް ވިދާޅުވިއެވެ.

އަދި ވިޔަފާރިތައް ރޭގަނޑު 9:30 ގެ ފަހުން ހުޅުވުން މަނާކޮށްފައި ވާއިރު، 22:00 އާއި ހަމައަށް ފައިމަގުގައި ބޭރުގައި އުޅުމަށް ހުރަހެއް ނެތެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: