ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމަށް ދިމާވާ މައްސަލަތައް ޙައްލުކުރުމަކީ ވެރިންގެ ޒިންމާއެއް: ޑރ. ޖަމީލް

ޑރ. މުޙައްމަދު ޖަމީލް އަހުމަދު:- ފޮޓޯ_ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

 

ޤައުމަށް ދިމާވާ މައްސަލަތައް ޙައްލުކުރުމަކީ ވެރިންގެ ޒިންމާއެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޤައުމަކަށް މައްސަލަތަށް ދިމާވާނެ ކަމަށާއި ނަމަވެސް އެ މައްސަލަތައް މެނޭޖްކުރުމަކީ ވެރިންގެ ޒިންމާއެއް ކަމަށެވެ.

ޖަމީލް ވިދާޅުވީ ކޮވިޑުގެ ބޮޑު ބިޔަ ނުރައްކާ ބޯމަތިވިއިރު ސިއްހީ ދާއިރާ އޮތީ އަވަދިނެތި ކޮރަޕްޝަން ހިންގުމުގައި ކަމަށެވެ. އަދި ރައްޔިތުންނަށް ފެނުނު މަންޒަރު ސަރުކާރަށް ފެނިފައިނުވާ ކަމަށާއި ރައީސް ސޯލިހަށް ގައުމަށް ކުރިމަތިވެގެން އުޅޭ ކަންކަން ހައްލުކުރަން މަސައްކަތް ނުކުރެއްވޭނެކަން ކަށަވަރުވެއްޖެ ޖަމީލް ވިދާޅުވިއެވެ.

ރައްޔިތުން ބަނޑުހައިހޫނުކަމުގައި ތިބިއިރު ވެރިން ބައިތުލްމާލު ޣަނީމާކޮށްގެން ބަހަނީ ކަމަށާއި މިހާރު ދިމާކޮށްފައިވަނީ ފިހާރަތަކާއި ކެފޭތައް އިނދަޖައްސަން ކަމަށް ޖަމީލް ވިދާޅުވިއެވެ. އަދި އެޗްޕީއޭ ރަމްޒުކޮށްދެނީ ސަރުކާރު ފެއިލްވެ މިސްރާބު ގެއްލިފައިވާ ވަރުކަން ފާހަގަކުރައްވާ މިއީ އެންމެން ނުކުމެ ސަރުކާރު ހަމަބިމަށް ތިރިކުރަންވީ ވަގުތު ކަމަށް ޖަމީލް ވިދާޅުވިއެވެ.

ޖަމީލް އިތުރަށް ވިދާޅުވެފައިވަނީ ތަފާތުކުރުންވެސް މިވީ މޮޅުކަމަކަށް ކަމަށެވެ. އަދި ބަލިވާ ޢާންމު މީހާއަށް ޚިދުމަތް ނުލިބޭއިރު ބޮޑުންނަށް ވަކި ގޮތެއް ހަދަން ފޮތުގައި އޮންނަކަމަށްވެފައިވާ ކަމަށް ވިދާޅުވިއެވެ.

މިދިޔަ މާޗު މަހުން ފެށިގެން މާލެ ތެރޭގައި ފެތުރެން ފެށި މި ބަލި ކޮންޓްރޯލް ކުރުމަށް ލޮކްޑައުން ކުރި ނަމަވެސް ލުއިތައް ދިން ފަހުން ބަލި ފެތުރޭ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

ރާއްޖޭގައި ކޮވިޑް ފެތުރެމުންދާ މިންވަރުގެ ތަފާސް ހިސާބުން އެނގޭ ގޮތުގައި ފުރަތަމަ ކޭސް، މިދިޔަ މާޗު ހަތެއްގައި ފެނުނު އިރު، 500 މީހުން ޕޮޒިޓިވް ވާން ނެގީ 56 ދުވަހެވެ. އޭގެ ފަހުން އިތުރު 500 މީހުން ޕޮޒިޓިވްވާން 13 ދުވަސް ނެގި އިރު، މިހާރު އެންމެ 3-4 ދުވަހުގެ ތެރޭގައި އެ އަދަދަށް މީހުން ޕޮޒިޓިވްވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: