ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދޯންޏެއްގެ ބުރަފަތީގައި ޖެހި މީހަކު ޒަޚަމްވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ދޯނެއްގެ ބުރަފަތީގައި އޮޅުނު ވަލެއް ނައްޓަން މަސައްކަތް ކުރަނިކޮށް ދޯނީގެ ބުރަފަތީގައި ޖެހި ޒުވާން ފަޅުވެރިއަކު ވަރަށް ބޮޑަށް ޒަހަމްވެއްޖެ އެވެ.

އެމްއެންޑީއެފް އިން ބުނީ ގދ. ތިނަދޫގެ 16 ނޯޓިކަލް މޭލު އިރުން 25 މީހުންނާއި އެކު މަސްވެރިކަން ކުރަން އުޅުނު ”ރޯޅި“ ދޯނީގައި ހުރި އުމުރުން 25 އަހަރުގެ ދިވެހި ފަޅުވެރިއެއް ދޯނީގެ ބުރަފަތީގައި އޮޅުނު ވަލެއް ނައްޓާލަން އުޅެނިކޮށް ބުރަފަތީގައި ޖެހި ފައިގެ ފަލަމަސްގަނޑު ޒަހަމްވެފައިވާ ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.

މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ ހެނދުނު 6:25 ހާއިރު ކަމަށާއި ރިޕޯޓު ލިބުމާއެކު އެމްއެންޑީއެފްގެ އެހީތެރިކަމާއެކު އެމީހާ ތިނަދޫ އަށް ގެންގޮސް ޑރ އަބުދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދޭން ފަށާފައިވާ ކަމަށް އެމްއެންޑިއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ މިހާދިސާ ހިނގަން މެދުވެރިވީ ބުރަފަތިން ވައު ނެއްޓުމަށް އެ ޒުވާާ އުޅެނިކޮށް ކެޔޮޅު އަތުން އޮޅިގެން ގިއަރަށް ލެވިގެން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: