ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

34 ރަށެއްގައި ފެނާއި ނަރުދަމާ އެޅުމުގެ މަޝްރޫއު އިންޑިއާގެ އެހީގައި ފަށަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާ ސަރުކާރުގެ “ލައިން އޮފް ކްރެޑިޓް” ގެ ދަށުން 34 ރަށެއްގައި ފެނާއި ނަރުދަމާ ގާއިމް ކުރުމުގެ އަމަލީ މަސައްކަތް އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން މިއަދު ވިދާޅުވެއްޖެއެވެ.

އިންޑިއާ ހައި ކޮމިޝަނުން ވިދާޅުވީ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން 34 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ކުރުމަށް ހަމަޖެހިފައިވާ މަޝްރޫއު މިހާރު އޮތީ އޯޕަން ޓެންޑަ މަރުހަލާގައި ކަމަށެވެ.

ގާތްގަޑަކަށް 80 މިލިއަން ޑޮލަރުގެ މި މަޝްރޫއުގެ މަސައްކަތް ނޮވެމްބަރު މަހު ފެށޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ހައި ކޮމިޝަނުން ވިދާޅުވިއެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ވައުދެކެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: