ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް މައުމޫނަށް ކޮވިޑް ޖެހުނީ ޣައްސާން ފުށުންތަ؟ ޣައްސާން ނަތީޖާ އާންމުކޮށްފި!

ރައްޔިތުންގެ މަޖިލީހުގެ ތ، ގުރައިދޫ ދާއިރާގެ މެމްބަރު ޢައްސާން މައުމޫން: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުން މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް ޣައްސާން މައުމޫން ކޮވިޑް-19 އަށް ނައްސި (ނެގެޓިވް) ވެފައިވާ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ޣައްސާން ކޮވިޑް-19 އަށް ޓެސްޓް ކުރީ އޭނާގެ ބައްޕާފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްޣައްޔޫމް ކޮވިޑް-19 އަށް ފައްސިވުމުން ޣައްސާން ޑައިރެކްޓް ކޮންޓެކްޓަކަށް ވެފައި ވާތީއެވެ.

ބައްޕާފުޅު ޕޮޒްޓިވްވުމާއެކު ސޯސަލް މީޑިއާގައި ބައްޕާފުޅަށް ކޮވިޑް ޖެހުނީ ޢައްސާންގެ ފުށުންކަމަށްބުނެ ގިނަ ބަޔަކުދިއައީ ތުހުމަތުގެ އިގިލި ޢައްސާނަށް ދިއްކުރަމުންނެވެ. އެގޮތުން ޕީޕީއެމްއިން މާލޭގައި ކުރި މުޒާހަރާގައި ޢައްސާން ބައިވެރިވެފައިވާތީވެސް ތުހުމަތު އިގިލިވަނީ ދިއްކޮށްފައެވެ.

ޣައްސާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބައްޕައަށާއި ކޮވިޑް-19 އަށް ފައްސިވެފައިވާ އެންމެނަށް އަވަސް ޝިފާއެއް ލިބުން އެދި ދުޢާ ކުރައްވާ ކަމަށެވެ.

 “ދިވެހި ޑޮކްޓަރުންނާއި ނަރުހުންގެ އިހްލާސްތެރި ޚިދުމަތް ގާތުން ދެކެމުން ހިފެހެއްޓުމެއްނެތި ހިތުގެ ލޯތްބާއި ޝުކުރު ދަންނަވަން.” ޣައްސާން ވިދާޅުވިއެވެ.

ރައީސް މައުމޫންގެ ބޮޑީގާޑެއްގެ ގޮތުގައި މަސައްކަތް ކުރައްވާ އަހްމަދު ސޮފްވާން ވެސް ވަނީ އިއްޔެ ކޮވިޑް-19 އަށް ޓެސްޓް ކޮށްފައެވެ. އޭނާ ވެސް ކޮވިޑް-19 އަށް ނައްސި ވެފައިވާ ކަމަށް ރޭ ކުރި ޓްވީޓެއްގައި ބުނެފައި ވެއެވެ.

ރައީސް މައުމޫންގެ އެއްވެސް ޑައިރެކްޓް ކޮންޓެކްޓެއް އަދި ކޮވިޑް-19 އަށް ފައްސިވި ކަމުގެ މައުލޫމާތު ލިބިފައެއް ނުވެއެވެ.

ރައީސް މައުމޫން ކޮވިޑް-19 އަށް ފައްސިވިކަން އެނގުނީ އިއްޔެ ރޭގެ ވަގުތެއްގައެވެ. އެމަނިކުފާނު މިހާރު ވަނީ ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައެވެ. ރައީސް މައުމޫން އިއްޔެ ކުރެއްވި ޓްވީޓެއްގައި ވަނީ އެމަނިކުފާނަށް ހެޔޮ ދުއާތައް ފޮނުވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. ރައީސް މައުމޫން ކޮވިޑް-19 އަށް ފައްސިވެފައި ވީނަމަވެސް އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 47%ވަރަށް ގަޔާވޭ 14%ބޮޑު ޖޯކެއް 6%ހައިރާންވެއްޖެ 3%ވަރަށް ދެރަ 6%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: